ސަޢުދީ ކޯލިޝަނުގެ ހަނގުރާމަވެރި މަތިންދާބޯޓެއް ވައްޓާލައިފި

ސަޢުދީގެ ގުޅިފައިވާ ކޯލިޝަނުގެ ހަނގުރާމަވެރި މަތިންދާބޯޓެއް ޔަމަނުގެ ތެރެއަށް ވައްޓާލައިފިއެވެ.

މިޙާދިސާ ހިނގުމަށް މެދުވެރިވެގެންދިޔައީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް ކޯލިޝަނުން ހާމަކޮށްފާވާއިރު، ޔަމަނަށް ވެރިވެފައިވާ ޙޫޘީންގެ މީޑީޔާއިން ހާމަކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓުމަށް މެދުވެރިވީ އެޖަމާޢަތުން ދިން ޙަމަލާއެއްގެ ސަބަބުންނެވެ.

އިޝްތިހާރު Below Header ad

މިމަތިންބޯޓު ވެއްޓުނުއިރުު އޭގައި 2 ޕައިލެޓުން ތިބިކަމަށާއި، އަދި ސަޢުދީއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެ2 ޕައިލެޓުން ހެޔޮ ހާލުގައި ތިއްބައި ސަލާމަތްކޮށްފައިވާކަމަށް  މީޑީޔާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މިޙާދިސާ ހިނގާފައިމިވަނީ ހޫޘީން އަވާހާރަކޮށްލި އެގައުމުގެ ކުރީގެ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙް ނިސްބަތްވެ ވަޑައިންނަވާ ސިޔާސީ ޕާޓީކަމަށްވާ “ޖެނެރަލް ޕީޕްލް ކޮންގްރެސް” (ޖީޕީސީ)ގެ އައު ރަޢީސެއްގެ ގޮތުގައި، ޞާދިޤް އަމީން އަބޫރާ އައްޔަންކުރެވުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސްކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެ އިތުރުން، ޔަމަނުގައި ހަމަނުޖެހުން ހިނގުމަށް މެދުވެރިވީ ޢަލީ ޢަބްދުﷲ ޞާލިހަށް ފަހު ޔަމަނުގެ ވެރިކަން ކުރެއްވި އަބްދުއް ރައްބު މަންޞޫރު ހާދީ ވެރިކަމުން ދުރުކޮށް، ޙޫޘީން އެގައުމަށް  ވެރިވެގަތުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.