ފަލަސްތީނާއި އިސްރާއީލްގެ މަޝްވަރާތަކެއް ނުހުއްޓޭ: ހަނޭބީ

ފަލަސްތީނާއި އިސްރާއިލްގެ ދެމެދު ހިނގަމުންދާ މަޝްވަރާތައް ހުއްޓިފައިނުވާ ކަމަށް އިސްރާއީލް ގެ ރީޖަނަލް ކޯޕަރޭޝަން މިނިސްޓަރ ޒާޝީ ހަނޭބީ ބުނެފިއެވެ.

ޤުދުޞްއަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލައިގަނެފައި ވީނަމަވެސް، ކުރިއަށް އޮތްތާނގައި ފަލަޞްޠީނާއި އިސްރާއީލާ ދެމެދުގައި މަޝްވަރާތައް ކުރެވެމުންދާނެ ކަމަށް އިސްރާއީލުގެ ރީޖަނަލް ކޯޕަރޭޝަން މިނިސްޓަރ ވަނީ ބުނެފައެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން، އެމެރިކާގެ މިނިންމުމަކީ އިރުމަތީ ޤުދުޞް ފަލަޞްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް އޮތް ހުރަހެއްނޫންކަމަށް ހަނޭބީ ބުނެފައިވާކަމަށް މީޑިޔާއިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އިސްރާއީލުން ޤަބޫލުކުރާ ގޮތުގައި ޤުދުޞްއަކީ ޔަހޫދީންގެ ވެރިރަށް ކަމުގައިވީނަމަވެސް، އެއީ ހަމައެކަނި ޤަބޫލުކުރުމަކަށްވާއިރު، އެއީ ޤާނޫނެއް ނޫންކަމަށް ހަނޭބީ ބުނެފައިވެއެވެ.

ފަލަޞްޠީނުގެ އިސްް އޮފިޝަލެއްކަމަށްވާ ނާޞިރު އަލް ޚިދުވާ، އިސްރާއީލު މިނިސްޓަރުގެ މިވާހަަކަތައް ސިފަ ކުރައްވާފައިވަނީ އެއްވެސް ބަރުދަނެއް ނެތް ވާހަކަތަކެއްގެ ގޮތުގައެވެ. އަދި ޔަހޫދީ ސަރުކާރުގެ ބަހާއި ޢަމަލު ދިމާނުވާކަމަށްވެސް ޚިދުވާ ވިދާޅުވިއެވެ. މިގޮތުން ޢަމަލީ މައިދާނުގައި ފެނިގެންދަނީ “ދެދަޢުލަތުގެ ޙައްލަށް” ހުރަސް އެޅޭފަދަ ގޮތްގޮތަށް އިސްރާއީލުގެ ޢަމަލުތައް ބައްޓަން ކޮށްފައިވާތަން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ދާދިފަހުން އިސްރާޢިލުންވަނީ ޤުދުޞް ބައިކުރުން މަނާކުރާ ފަދަ ޤާނޫނެއް ވެސް ފާސްކޮށްފައެވެ. މިއާއެކު، ފަލަޞްޠީނުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުޞް ހެދުމަކީ ނުވާނެކަމެއްކަމަށް ބެލެވެއެވެ. އަދި އެމެރިކާއިން ޤުދުޞްްއަކީ ޔަހޫދީންގެ ވެރިރަށް ކަމުގައި ކަނޑައެޅުމާއި ގުޅިގެން، ދުނިޔޭގެ ބައެއް ޤައުމުތަކުންދަނީ އެގައުމުތަކުގެ އެމްބަސީތައް ޤުދުޞްއަށް ބަދަލުކުރަމުންނެވެ.

އެހެންކަމުން، އެމެރިކާގެ މިނިންމުން ވެގެންދާނީ ފަލަޞްޠީނުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ސަރަޙައްދު ހެދުމަށް އެޅިގެންދާ ބޮޑު ހުރަހެއްގެ ގޮތުގައި މުރާސިލުން ސިފަކުރައްވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.