ތުރުކީއަށް އީޔޫ އާ ގުޅުމުގެ ފުރުސަތެއް ނެތް: އިމެނުއަލް މެކްރޮން

ތުރުކީއަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅުމުގެ ފުރުސަތެއް މިވަގުތަކު ނެތް ކަމަށް ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން ވިދާޅުވެއްޖެއެވެ.
އަލް ޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، މެކްރޮން މިހެން ވިދާޅުވެފައި ވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަރިހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން. އެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވުވެފައި ވަނީ، ތުރުކީގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާ މެދު އީޔޫއާއި އެގައުމާ ދެމެދު ހިޔާލު ތަފާތުވުންތައް އެބަބހުރި ކަމަށާއި، އެގޮތުން ތުރުކީގައި 2016 ވަނަ އަހަރު ކުރި ބަޣާވާތާ ގުޅިގެން ފިޔަވަޅު އެޅުމުގައި އަމަލުކޮށްފައިވާ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ.

ހަމަ އެ ކޮންްފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ އީޔޫއަށް ވަދެވޭގޮތްވޭތޯ ކެނޑި ނޭޅި މަސައްކަތްކޮކޮށް ތުުރުކީ ވަރުބަލިވެފައިވާ ކަމަށެވެ.

ތުރުކީ އީޔޫއާ ގުޅުމުގެ ވާހަކަތައް ކުރިުޔަށް ގެންދިއުމުގެ ފުރުސަތު އޮތް ކަމަށް ދެއްކުމުގެ ދެފުށްދެގޮތްކަން ނިމުމަކަށް ގެންނަންވީ ވަގުތު ޖެހިއްޖެ ކަމަށް މެކްރޮން ވިދާޅުވެފައި ވާ ކަމަށްވެސް އަލް ޖަޒީރާގައި ބުނެފައިވެއެވެ.

ތުރުކީ އީޔޫއާ ގުޅުމަށް ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތައް ހުއްޓައިލީ ބަޣާވާތަށް ފަހު އުރުދުޣާންގެ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން. ތުރުކީއަށް މެމްބަރުކަން ދިނުމާ މެދު އީޔޫން ގެންގުޅޭ ސިޔާސަތަށް އުރުދުޣާން ވަނީ ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އެކަމުގައި އީޔޫ މެމްބަރު ގައުމުތަކުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށާ އަދި އީޔޫއާ ތުރުކީ ގުޅެން ތުރުކީގެ ގިނަ ރައްޔިތުން މިހާރު ބޭނުން ނުވާ ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ. 

މެކްރޮން ވިދާޅުވީ އީޔޫގެ މެމްބަރުކަން ތުރުކީއަށް ނުލިބުނަސް ފްރާންސާ އެގައުމާ ދެމެދު ވަރުގަދަ ގުުޅުމެއް އޮންނާނެ ކަަމަށެވެ.

އިޝްތިހާރު Below Header ad

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.