18މަހުގެ ތުއްތު ކުއްޖަކު ޤުރާން ހިތުދަސްކުރާގޮތް

މިއީ ކެނެޑާކެ ޢިލްމުވެރިއަކަށް ދިމާވި އުފާވެރި ޙަދިޘާއެކެވެ. އޭނާގެ 18 މަސްވީ ކުޑަ އަންހެން ކުއްޖެއްޖެ ވާހަކަ އެވެ. އޭގެއިތުރުން އޭނާގެ 3 އަހަރުގެ ފިރިހެން ކުއްޖަކުވެސް ކުރެއެވެ. ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ޅަ އުމުރުގައި މި ފިރިހެން ކުއްޖާއަށް ޤުރްއާނާއި ޙާދީޘް ދަސްކޮށްދޭންފެށިއެވެ. މިކުއްޖާ ސޫރަތުލް ފާޠިޙާއާއި ސޫރަތުލް ބަޤަރާގެ ބައެއް އާޔަތް ހިތުދަސްކޮށްފިއެވެ. އެއް ދުވަހަކު މި ފިރިހެން ކުއްޖާ މުރާޖާ ކުރުމަށް އޭނާގެ ބައްޕަ (ޢިލްމުވެރިޔާ) ގޮވާލިއެވެ. އޭނަ ކިޔަވާ އިރު އަބަދުވެސް އޭނާގެ 18 މަސް ވީ ކޮއްކޮ ބައިވެރި ކުރެއެވެ. ޝައިޚް އޭނާގެ ދަރިފުޅުގާތުގައި ފާޠީޙާ ސޫރަތް ފެށިގެން ކިޔަވަން ބުންޏެވެ. ސޫރަތުލް ފާޠިޙާގެ 6 ވަނަ އާޔަތް ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ މިއާޔަތުގެ ٱهۡدِنَا ٱلصِّرَٰطَ މިހިސބަށް ދިޔަތަނާ އެއްކަލަ 18 މަހުގެ ކުޑަ ކިޑަ ކުއްޖާ ކުއްލިޔަކަށް ٱلۡمُسۡتَقِيمَ މިބައި ފުރިހަމަކޮށްލައިފިއެވެ. އެހިސާބުން  ޢިލްމުވެރިޔާއަށް ވެސް ލިބިގެން ދިޔައީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ﷲ ގެ ކުޅަދުންވަންތަކާމާއެވެ. އެކުއްޖާގެ ފުރަތަމަ ބަހަކަށްވެސް ވެގެން ދިޔައީ ޤުރްއާންގެ ލަފްޒެކެވެ. މި ކުޑަ ކުޑަ ކުއްޖާ ފަހުން ޓެސްޓް ކުރިއިރު އެކުއްޖާގެ ބޭބެ ކިޔާ ހުރިހާ އާޔަތެއް އެކުޑަ ކުއްޖާވަނީ ހިތުދަސްކޮށްފައެވެ.

ކުޑަ އިރު ދަރީންނަށް ޤުރްއާން ދަސްކޮށްދިނުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެނީ އަޅުގަނޑުމެންނަށް ގަސް ގަހުގެ ގޮފިތައްވެސް ބޭނުން ދިމާލަކަށް ފަސޭހައިން ލަނބާލެވެއެވެ. ނަމަވެސްއޭގެ ޅަފަތުގައެވެ. އެ ގަސް ވެސް ފޯދި ބޯޑުވީމަ ދެން އެއަށް ހޭދޭނެ ގޮތެއް ނޯވެއެވެ.

އިޝްތިހާރު Below Header ad

އަޅުގަނޑުމެންނަކީ އަޅުގަނޑުމެނގެ ޅަދަރީންގެ ޅަފަތުގައި ކުޅިވަރާ މަޖަލުގައި ހޭދަކުރުވާ ބައެއްގެ ބަދަލުގައި އެކުދީންގެ ޅަފަތުގައި އިސްލާމް ދީން އުނގަނއިދީ ޚާއްޞަކޮށް ކީރިތި ޤުރްއާނަށް އަހުލުވެރި ކުދިންތަކެއް ތަރުބިއްޔަތު ކުރާ ބައެއްކަމުގައި ލައްވާށި. އާމީން.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.