ކްރިސްމަސް އާއި ދިމާކޮށް ނ.ހެނބަދޫ…!

“މިފަހަރު މުޅިން ލަދުގަންނުވާލައިފި…!”، “ލަދުން ލޯހުޅުވާލަން ނުކެރުނު…”، “އެކަހަލަ މަންޒަރުތައް ފެންނާނެ ކަމަކަށް ހިއެއް ނުކުރަން. އެންމެ ލަދުގަތީ ދަރިފުޅު ކައިރީގަ އިނީމަ…” މިއީ މިދިޔަ އަހަރު ޝޯވއަށް ދިޔަ ބައެއް ފަރާތްތަކުގެ ޝުޢޫރުތަކެވެ. އެފަރާތްތަކުގެ އިހުސާސްތަކެވެ. ޝޯވގެ ކަންތައްތައް ދިޔަގޮތް މިޝުޢޫރުތަކުން ވެސް ހާމައަށް ފެންނާނެއެވެ.

h1

އިޝްތިހާރު Below Header ad

ޝޯވގެ މަންޒަރުތަކުން މައިންނާއި ދަރިން، ބޭބެއިންނާއި ކޮއްކޮއިން ހަމަ ރަނގަޅަށް ވެސް ލަދުގަންފިއެވެ. ދެޖިންސުގެ މަސްހުނިވުން އިންތިހާއަށެވެ. ލަވަކިޔުމާއި ނެށުން އެކަންޏެއް ނޫނެވެ. ބަދުއަޚުލާޤީ އަމަލުތައް ސިފަކޮށްދޭ އެތައް ކަމެއް ހިނގައިގެން ދިޔައެވެ. މަންމަ ދަރިފުޅު އުރައިގެން ބަލަން ހުއްޓައެވެ. ބައްޕަ ވެސް ދަރިން ގޮވައިގެން އަތް ޖަހަން ހުއްޓައެވެ.

ބައެއް ފަހަރު ދަރިފުޅުގެ ލޮލުގައި އަތް އެޅެއެވެ. ދަރިންނަށް ދައްކަން ބޭނުން ނުވާތީއެވެ. ފެންނަމުންދާ މަންޒަރުގެ ހުތުރު ކަމުންނެވެ. މިކަންކަމަކީ މިދިޔަ އަހަރުގެ ޝޯވ ބަލަން ދިޔަ އެއްވެސް ފަރާތަކުން ދޮގު ކުރާނެ ކަންކަމެއް ނޫނެވެ.

h4

ޝޯވގެ ކަންތައް ހުރިގޮތް ރަނގަޅަށް ސާފުވާނެކަމަށް ޔަޤީން ކުރަމެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޝޯވގެ ތެރެއިން އަހަރަކަށްވުރެ އަހަރެއް، މީހުން ގައިގޯޅިވުމާއި، ހުތުރުކަން ބޮޑު މަންޒަރުތައް ފެނުން ގިނަވެގެން ދާކަމެވެ. ފާޅުގައި މިފަދަ ހުތުރުކަން ބޮޑު މުންކަރާތްތައް ކުރިއަށް ގެންދާއިރު ވެސް އަޅުގަނޑުމެން ހަމަ އަތް އުރާލައިގެން ތިބެންވީތޯއެވެ؟ އެކަންތައް ހުއްޓުވަން އަމަލީގޮތުން އެއްވެސް ކަމެއް ކުރުމެއް ނެތްތޯއެވެ؟

ތިމާގެ ހިތުން ވެސް އެކަމާ ދެކޮޅުހަދާ އެކަމަށް ކުޑަވެސް ނަފުރަތެއް ނެތީތޯއެވެ؟ ތުއްތު ކުދިންގެ ޅަސިކުނޑިތައް މިފަދަ ކަންކަމަށް ހޭނުވުން އެއީ މައިންބަފައިން ހަމަ އެކުދިންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ކުރުވާ ކަމަކަށް ވެފައިވާކަހަލައެވެ. އެހެންކަމަށް ވާނަމަ އެވެވެނީ ކޮންކަހަލަ ލޯތްބެއްބާވައެވެ؟މިފަދަ ވިޔާނުދާ ކަންކަމުގެ ސަބަބުން އެކުދިންގެ އުޅުމާއި އަޚުލާޤަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާނެކަން ނޭނގޭ މައެއް ބަފައެއް މިމުޖުތަމަޢުގައި ނުހުންނާނެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އަޅުގަނޑުމެންގެ އަމަލުތަކާމެދު ސުވާލުވެވޭނެ ދުވަހެއް އަންނާނެކަން ހަނދާންކޮށް، އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުން، އަޅުގަނޑުމެންގެ ދަރިންނާއި އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް ހުށަހެޅިގެންދާ އެންމެހާ ކަންކަމުން ދުރުހެލިވުން އެއީ އެންމެ ރަނގަޅު ގޮތްކަން ސަލާމަތް ބުއްދި ހަމަ ކޮންމެ ފަރުދަކު ވެސް ގަބޫލުކުރާނެކަން ޔަޤީނެވެ.

ކޮންމެ އަހަރަކު ހެނބަދޫގައި މިބާއްވާ ޝޯވގެ މަޤުޞަދަކީ ކޮބާ؟

2013 ވަނަ އަހަރުން ފެށިގެން ހެނބަދޫގައި މިހަރަކާތްތައް ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 24 ނުވަތަ 25 ވަނަ ދުވަހާ ކްރިސްމަސް ދުވަހާ ދިމާކޮށް ކުރިއަށް ގެންދެއެވެ. ލަވަކިޔުމާއި މިޔުޒިކް ކުޅުމާއި ދެޖިންސު މަސްހުނިވެގެން ނެށުމާއި ނިވާކަން ކުޑަ ހެދުން ލައިގެން ނެށުން ފަދަ މުޑުދާރު އެތައް އަމަލުތަކެއް މިހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.

މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަޤުޞަދެއް ކަމަށް އެއްބަޔަކަށް ޤަބޫކު ކުރެވޭނީ އުފާކޮށް މަޖާކޮށްލާ އެކުވެރިކަން ބަދަހި ކުރުމެވެ. ނަމަވެސް މިހަރަކާތްތައް އިންތިޒާމުކޮށް ރާވާ ފަރާތްތަކުގެ މައިގަނޑު ބޭނުމަކީ މިކުޑަކުޑަ ހެނބަދޫގައި ޒަމާނުއްސުރެ އޮތް އިސްލާމީ ވަންތަކަން ނެތިކޮށްލާ، “ހުޅަނގުގެ ރީތި ގޮތްތައް “މިމުޖުތަމަޢުގެ މީހުންނަށް ދެއްކުން ނޫންބާވައެވެ.

މީހުންގެ މެދުގައި އޮތް ދީނީ ރޫޙް ނެތިކޮށްލުމެވެ. ދީނީ އަޤީދާއާއި ތިމާގެ އީމާންތެރިކަމަށް ލޮޅުން އަރާ މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާގެ ވިސްނުން ނޭނގި ނަމަވެސް ދީނާ ދުރުކުރުވާނެކަން ޔަޤީނެވެ. މިހަރަކާތް އިންތިޒާމްކޮށް ރާވާ ފަރާތްތަކުގެ މަޤުޞަދު އެވެރިންނަށް ހާސިލުވެއެވެ. ކޮންމެ އަހަރަކުގެ ޝޯވއަށް ގިނަ އަދަދެއްގެ ހެނބަދޫ ރައްޔިތުންނާއި ކައިރި ރަށްތަކުގެ މީހުން އާދެއެވެ.

އަދި އެވެރިންގެ ލާދީނީ ހަރަކާތްތައް ބަލަމުން އަތްޖަހާ، ހަޅޭއްލަވަމުން ދެއެވެ. ޅަދަރިން ރޯން ފެށުމާއެކު މައިންބަފައިންނަށް އެކުދިން ޝޯވއަށް ގެންދިޔުން މަޖުބޫރު ވެގެން ދާކަހަލައެވެ. ސާފު ތާހިރު އެ ނަފުސުތައް ވެއްޔާއި މޮޑެވިގެން ދަނީ މައިންބަފައިންގެ މިފަދަ އަމަލުތަކުގެ ސަބަބުންނެވެ. މިއީ އެންމެ ރެއެއްގައި ފެނިލާ ފެނިލުމެކޭ ކިޔައި، ވަރަށް އާދައިގެ ކަމަކަށް މިކަންތައް ހެދިކަމުގައި ވިޔަސް، ހަޤީގަތުގައި މިކަމުގެ ނޭދެވޭ އަސަރު އަބަދުގެ އަބަދަށް އެކުދިންނަށް ކުރާނެއެވެ. އެކުދިންގެ އުޅުމާއި ސުލޫކާއި އަޚުލާޤަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

މިކަންކަމާމެދު ހަމަ ކޮންމެ މަންމައަކާއި ބައްޕައަކު ވެސް ވިސްނައި، މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތާއި ހަވާލުވެފައިވާ އަމާނާތްތަކަށް ފުރިހަމައަށް ރައްކާތެރިވުމަށް ހަނދުމަކޮށްދެމެވެ. ދީނީ ގޮތުން މުޅިން ނަހީކުރައްވާފައިވާ މިފަދަ ހަރަކާތްތަކުގައި ތިމާގެ ދަރިފުޅާއި، ތިމާގެ އާއިލާ، އަދި ތިމާގެ މުޖުތަމަޢު ބައިވެރިވިޔަ ނުދިނުމަށް ކުރެވެން ހުރި ކޮންމެކަމެއް ކުރުމަކީ ހަމަ ތިމާގެ ވެސް ވާޖިބެކެވެ.

h3

ކޮންމެ އަހަރަކު ނ. ހެނބަދޫގައި މިޝޯވ އިންތިޒާމު ކުރަނީ ކިހިނެއް؟

މިދިޔަ އަހަރުގެ މިޝޯވއާއި ގުޅިގެން ލިޔެފައިވާ ލިޔުމުގައި މިވާހަކަ ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. މިލިޔުމުގައި ވެސް ހަމަ އެވާހަކަތައް ނަކަލުކޮށްލާނަމެވެ. ހެނބަދޫގެ އެއްވެސް ރައްޔިތަކަށް އޮޅިވަޑައިގެންފައި ނުވާނެ ފަދައިން، ރިސޯޓު ހިންގާ ބޮޑު ވިޔަފާރި ވެރިއެއްގެ ރިސޯޓްތަކުގައި މަސައްކަތްކުރަމުންދާ ހެނބަދޫގެ މީހުންގެ އަދަދު ނިސްބަތުން ގިނައެވެ.

ހެނބަދޫގައި ކޮންމެ އަހަރަކު ކުރިއަށްދާ ޝޯވއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ޝޯވ ކުރިއަށް ގެންދިޔުމުގެ ހަރަކާތްތަކުގެ އިސް ސަފުގައި މަސައްކަތް ކުރަމުންދަނީ އެ ވިޔަފާރިވެރިޔާގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ހެނބަދޫ މީހުންނެވެ. މިފަހަރުގެ ޝޯވއަށް ވެސް މިހާރު ބައެއް ފަރާތްތަކުން ވަނީ ހެނބަދުއަށް އައިސްފައެވެ.

މީގެއިތުރުން މިކަމުގެ އިސްކޮށް އުޅޭ ފަރާތްތަކާއި، ޝޯވގައި ނެށުމަށްޓަކައި ނަށާ ގުރޫޕެއް ވަނީ ހެނބަދުއަށް އައިސްފައެވެ. މިހަރަކާތްތައް ފެށިގެންދަނީ މިކަން އިންތިޒާމު ކުރާ ފަރާތުން ހެނބަދޫގެ އެންމެހާ ރައްޔިތުންނަށް ދެވޭ ފަރިއްކޮޅަކުންނެވެ. އަދި މީގެއިތުރުން، ޝޯވގެ ތެރެއިން ދުވަސްވީ ބައެއް މީހުންނަށާއި، ބައެއް މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށާއި، ޝޯވގައި އެންމެ އަޑުގަދަކޮށް ހަޅޭއްލެވި ފަރާތްތަކަށް އަގުބޮޑެތި އިނާމުތައް ބެހުން އޮވެއެވެ.

މިފަދަ ގިނަ ސަބަބުތަކަށްޓަކައި ރަށުގެ ބައެއް ރައްޔިތުންނަށް މިޝޯވ ވެފައިވަނީ ވަރަށް ކަމުދާ ޝޯވއަކަށެވެ. ނަމަވެސް މިހުރިހާ ކަމެއްގެ ފަހަތުގައި އަޅުގަނޑުމެން ވިސްނާލުން މުހިންމު އެތައް ކަންތައްތަކެއް ވާކަން ޔަޤީނެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި މިކަން އިންތިޒާމުކުރާ ވިޔަފާރިވެރިޔާ  ވަނީ ހެނބަދުއަށް އައިސްފައެވެ. ރަށުގެ ގިނަ ރައްޔިތުންތަކެއް އޭނައަށް މަރުޙަބާ ކިޔުމަށްޓަކައި ގޮނޑުދޮށަށް އެއްވެފައި ތިއްބެވެ. ހެނބަދުއަށް އައުމަށްފަހު އޭނާގެ ގޭގައި އުފަންދުވަހުގެ ކޭކު ފެޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޭނާގެ އުފަންދުވަހަށް ހާއްސަކޮށް ހަދާފައިވާ ލަވަޔަކާއެކު މިކަން ކުރިއަށް ގެންދިޔައިރު، ރަށަށް އައިސްގެންއުޅޭ ނަށާ ގުރޫޕުގެ މީހުންވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ހިތާމައަކީ އެތަކެއް ކުޑަކުދިން ވެސް އެވެރިން އެޖަހާ ސަކަރާތްތައް ބެލުމަށްޓަކައި އެތަނަށް އެއްވެފައިވާކަމެވެ. މިކަންކަމުން އެނގި ހާމަވެގެން ދަނީ މައިންބަފައިން ދަރިންނާމެދު އިހުމާލުވެފައިވާ މިންވަރެވެ. ދަރިން އުޅޭނެހާ ގޮތަކަށް އުޅެން، ކުރާނެހާ ކަމެއް ކުރަން ދޫކޮށްލާފައިވާ މިންވަރެވެ.

އަޅުގަނޑުމެންގެ އެންމެހާ އަމަލުތަކާމެދު ސުވާލުކުރެވޭ ދުވަހުން އަޅުގަނޑުމެން ދޭނެ ޖަވާބު ބިނާވެގެންވާނީ މި ދުނިޔޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓި ގޮތެއްގެ މައްޗަށެވެ. މާތްﷲ ނަހީކުރައްވާފައިވާ މިފަދަ ނުބައި އަމަލުތަކުގައި ޝާމިލުވެ އުޅެނިކޮށް ތިމާގެ މަރު ބައްދަލުކޮށްފިނަމަ ދެން ވާނެ ގޮތަކާމެދު ވިސްނާލާށެވެ.

ދުނިޔެއަކީ އާޚިރަތަށް ތައްޔާރުވުމަށް ލިބިފައިވާ ފުރުޞަތެކެވެ. ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައިފި ނަމަ މާދަމާ އެކަމާ ރޯން ޖެހޭނެއެވެ. ނ. ހެނބަދޫގައި ކޮންމެ އަހަރަކު މިބޭއްވޭ ޝޯވއަކީ ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށްދާ، މާތްﷲގެ ކޯފާއަށް ހުށަހެޅޭފަދަ ކަމެކެވެ. މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާ، މިފަދަ ނުބައި ކަންކަމުން ދުރުވުމުގެ ތައުފީގު ދެއްވާށިއެވެ. ބަޔަކު މީހުން ކުރާ ނުބައި އަމަލެއްގެ ސަބަބުން އާންމުވެގެންދާފަދަ ކޯފާއެއް އަޅަމެންގެ މައްޗަށް ނުފޮނުއްވާނދޭވެ. އާމީން!ﷲ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލަށް ރައްދުދެއެްވާ Ahmed hassaan ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

  1. إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

    (އަންނޫރު – 19)
    ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.