ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް އެފެއާޒްގެ ވަފްދެއް ދިވެހިރާއްޖެ ވަޑައިގެންފި

ސަޢުދީ ޢަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރި އެއްބައިވަންތަ ގުޅުން ބަދަހިކުރުމުގެ ގޮތުން މި މިނިސްޓްރީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ދެ މުޝްތަޝާރުން ކަމަށްވާ، އައްޝައިޚް އައްދުކްތޫރު މުޙައްމަދު ޙަމަދު އަލް މަޙްނޫޙް އަދި އައްޝައިޚް ފަޚްދު އައްސުލައިޙިމް ރާއްޖެ ވަޑައިގެންފިއެވެ.

ސަޢުދީ ޢަރަބިއްއާގެ އިސްލާމިކް އެފެއާޒްގެ ވަފުދުގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ރާއްޖޭގެ ޚާއްސަކޮށް މާލޭ ސަރަހައްދުގެ ސަހަރާތަކުގައި މީހުން ވަޅުލުމުގެ އިންތިޒާމްތައް ބަލައި މިހާރަށްވުރެ ރަގަޅަށް މީހުން ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުމެވެ.

އިޝްތިހާރު Below Header ad

މި ވަފްދުގެ ބޭފުޅުން މިއަދުވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މިޒިޔާރަތުގައި މިނިސްޓަރއާ ބައްދަލުކުރައްވާ އަންނަ އަހަރު ދެ ޤައުމުގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގިދާނެ ޕްރޮގްރާމްތަކާ ބެހޭގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ ތެރޭގައި، ރާއްޖޭގެ ޢިލްމްވެރިންނަށް ޚާއްސަކޮށްގެން ތަފާތު ވޯކްޝޮޕްތައް ހިންގުމާ، އެކި ބަސްސްހުން ތައްޔާރުކޮށްފައިވާ ޢަރަބި އިސްލާމީ ފޮތްތައް ހަދިޔާކުރުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުގެ ސަހަރާތަކުގައި މިހާރަށްވުރެ ދިގު މުއްދަތަކަށް މީހުން ވަޅުމުގެ އިންތިޒާމްތައް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކޮށް ސަޢުދީ ޢަރަބިއްޔާ އަދި އެނޫންވެސް އިސްލާމީ ގައުމުތަކުގައި މީހުން ވަޅުލުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ހިއްސާކުރައްވާފައިވެ. އަދި ރާއްޖޭގައި މިހާރަށްވުރެ ހަރުދަނާކޮށް މީހުން ވަޅުމުގެ އިންތިޒާމް ހަމަޖެއްސޭނެ ގޮތްތަކާ ބެހޭތުން ފަންނީ ލަފާދެއްވާފައެވެ.
ސަޢުދީ ވަފްދު ވަނީ މާލޭގެ އައު ސަހަރާ ބައްލަވާލުމަށް ވަޑައިގެންފައެވެ. އަދި މިއަދު  ހަވީރު ހުޅުމާލެ ސަހަރާއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައެވެ.

މި މަހުގެ 10 ން 14 އަށް ރާއްޖެއަށް ކުރައްވާ މި ޒިޔާރަތުގައި މަދަމާ މިނިސްޓްރީގެ އަދި ރާއްޖޭގެ ޢިލްމްވެރިންނާ
މި ވަފްދުގެ ބޭފުޅުން ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.