ބެލޮންޑިއޯ އެވޯޑު ފަސްވަނަ ފަހަރަށް ރޮނާލްޑޯ ހޯދައިފި

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާއަށް “ފްރާންސް ފުޓްބޯލް” މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑު ފަސްވަނަ ފަހަރަށް ރެއާލް މެޑްރިޑާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

ރޮނާލްޑޯ އަށް މި އެވޯޑު ލިބުނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ “އެއިފިލް ޓަވަރ” ގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިޝްތިހާރު Below Header ad

ރޮނާލްޑޯ މި އެވޯޑް ހާސިލް ކުރީ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އާއި ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާއާ ވާދަކޮށެވެ.

ރޮނާލްޑޯ މިހާރު ވަނީ މި އެވޯޑު އެންމެ ގިނައިން ހޯދި ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. މި އެވޯޑު ދެން އެންމެ ގިނައިން ހޯދި އަނެއް ކުޅުންތެރިއަކީ މެސީއެވެ. އޭނާ ވެސް ވަނީ މީގެކުރިން ފަސް ފަހަރެއްގެ މަތިން މި އެވޯޑު ހޯދާފައެވެ.

އެވޯޑު ހޯދުމަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މި އެވޯޑު މިފަހަރު ލިބުނީ މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީތަކުގެ ސަބަބުން ކަމަށާއި އެހެން ކަމުން މިކަމުގައި ހިއްސާވާ ރެއާލްގެ ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރޮނޯލްޑޯ ބުނީ އެވޯޑު ލިބުމުން ވަރަށް އުފާވާކަމަށާއި މި އެވޯޑަކީ ކޮންމެ އަހަރަކު ވެސް ހޯދުމަށް އޭނާ އުއްމީދުކުރާ އެވޯޑެއްކަމަށެވެ. އަދި މިފަދަ އެވޯޑެއް އޭނާއަށް ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި މިކަމުގައި ރެއާލްގެ ހުރިހާ ކުޅުންތެރިންވެސް ހިއްސާވާކަމަށެވެ. އެހެން ކަމުން  އެކަމަށްޓަކާ ރެއާލްގެ ކުޅުންތެރިންނަށް ޝުކުރު އަދާކުރާކަމަށް ރޮނާލްޑޯ ބުންޏެވެ.

މި އެވޯޑު ރޮނާލްޑޯ އަށް ލިބުނުއިރު އޭނާ ވަނީ ރެއާލްއާއެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު އަދި ޔޫއެފާ ސުޕަ ކަޕް މިއަހަރުތެރޭ ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ވެސް މިއަހަރުތެރޭ ކާމިޔާބުކުރުމުގެ ފުރުސަތު ރޮނާލްޑޯ އަށް އަދި އެބައޮތެވެ.

ފަސްވަނަ ފަހަރަށް ރޮނާލްޑޯ ބެލޮންޑިއޯ ހޯދިއިރު ދުނިޔޭގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ކަމަށްވާ ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް މިފަހަރު ލިބުނީ ރޮނާލްޑޯ އަށެވެ.

ބެލޮންޑިއޯ އެވޯޑަކީ މީގެކުރިން ފީފާ އާއި ގުޅިގެން ދެމުން އައި އެވޯޑެއް ނަމަވެސް މިދިޔަ އަހަރު ފީފާއިން ވަނީ މި އެވޯޑުން ވަކިވެފައެވެ. އެހެންކަމުން އެހެން އަހަރުތަކާއި ހިލާފަށް މި އެވޯޑު ލިބޭ ކުޅުންތެރިއާ މިހާރު ހޮވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ 173 ނޫސްވެރިންގެ ވޯޓުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.