ލައިފް ބްރޭންޑްގެ ފެންފުޅިތަކަކުން ކަޅުކުލައިގެ ކުނޑިތަކެއް ފެނުން

ލައިފް ބްރޭންޑްގެ ފެންފުޅިތަކަކުން ކަޅުކުލައިގެ ކުނޑިތަކެއް ފެނުމާއި ގުޅިގެން، އެބެޗުގެ ހުރިހާ ފެންފުޅިތައް 01
ބާޒާރުން ނެގުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

މިއަދު އެ އޮތީރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން، ‘ލައިފް’ ބްރޭންޑުން އުފައްދާފައިވާ ފެންފުޅިތަކުގެ ތެރެއިން، 3 އޮކްޓޯބަރ 2017 ގައި (ބެޗް ނަމްބަރ 447)  އުފައްދާފައިވާ  500 މިލިލީޓަރުގެ ގެ ބައެއް ފެންފުޅިތަކުން ކަޅުކުލައިގެ ކުނޑިކޮޅު ތަކެއް ހުރިކަން ފާހަގަ ވެފައިވާކަމަށެވެ. 

އިޝްތިހާރު Below Header ad

އަދި އެފަދައިން ބަންދުކުރެވިފައިވާ ފެންފުޅިއެއްގައި އެއްވެސް އެއްޗެއް ހުރުމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބޯފެނަށް ކަނޑައަޅާފައިވާ މިންގަނޑުގެ އިތުރުން، އެ އޮތޯރިޓީއިން ބަލާ މިންގަނޑު ކަމުގައިވާ ބައިނަލްއަޤްވާމީ “ކޯޑެކްސް” މިންގަނޑާއި ޚިލާފް ކަމެއް ކަމުގައި އެބަޔާނުގައި ބަޔާންކޮށްފައިވޭއެވެ،

އެހެންކަމުން އެ ބެޗްގެ ފެން ބާޒާރުން ނެގުމަށާއި އަދި ނުވިއްކުމަށްވެސް އެއޮތޯރިޓީގެ ނޫސްބަޔާނުގައި ވަނީ އަންގާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.