މާލޭގެ ހުޅަނގު ދެކުނު ފަރާތު ހާބަރުގައި ހަދާ ފުޑްކޯޓުތައް “އިބިލީހުގެ ކައިވެންޏަށް” ވެފަ..

މާލޭގެ ހުޅަނގު ދެކުނު ފަރާތު ހާބަރުގައިކުރިން ހުރީ އާދައިގެ ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓު އަދި ވިޔަފާރިކުރާ ތަންތަނެވެ. ސަރުކާރުން ބޭނުންފުޅުވީ އެތަންތަން ޒަމާނީ ފެންވަރަށް ހަދާށެވެ.

އެހެންނަމަވެސް “ފުޑްކޯޓުތައް” އަދިވެސް ވުޖޫދަށް އައުން މިވަނީ “އިބިލީހު ކައިވެންޏަށް” ވެފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންކަމުން އެތަންތަން ހިންގުމަށް ގިނަބަޔަކު ޝައުޤުވެރިކަން ފާޅުކުރަމުން އަންނަކަން މިއަދުނޫހަށް ވަނީ ޔަގީންވެފައެވެ.

އިޝްތިހާރު Below Header ad

އެ ސަރަހައްދުގައި މީގެކުރިން 40 ހަކަށް ހާބަރު ކަޑަތައް ހުރިނަމަވެސް ފުޑްކޯޓުތަކަށް ބަދަލުވުމުން އެ ޢަދަދު 27 އަށް ތިރިވާނެއެވެ. އެހެންކަމުން ތަނުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، ސާފުތާހިރުވާނެކަމަށްވެސް ޤަބޫލުކުރެވެއެވެ.

ޒަމާނީ ފެންވަރަކަށް ހަދާ ފުޑްކޯޓުތަކުގެ މަސައްކަތް މި އަހަރުގެ މެއި މަހުގެ ތެރޭގައި ފަށާފައިވާ އިރު، އެ މަސައްކަތް ގާތްގަޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ފަސް މަސް ފާއިތުވެގެންދާ އިރު އަދިވެސް ކަހާތަން ހިރުވާވެސް ނުލައެވެ. ނިމޭނެ ދުވަހެއް ނޭނގެއެވެ. އިންތިޒާރުގެ ވަގުތުތައް ދިގުލައިދަނީއެވެ.

ފުޑުކޯޓްތައް ނުނިމި ލަސްވަނީ މަސައްކަތް ހިނގާ ސައިޓުގައި މަސައްކަތް ކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އެ މަސައްކަތް ޙަވާލުކޮށްފައިވާ އެސްޓީއޯއިން ވަނީ ބުނެފައެވެ. އެކަމަކު އެއީ ކޮން ގޮން ޖެހުމެއް ކަމެއް ހާމައެއް ނުކުރެއެވެ.

އާއެކެވެ. ކޮންމެ ކަމަކީވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ. ރައްޔިތުން ބޭނުންވަނީ ވީހާވެސް އަވަހަކަށް މާލޭގެ ހުޅަނގު ދެކުނު ފަރާތު ހާބަރުގައި ހަދާ ފުޑްކޯޓުތައްނިމި، ޚިދުމަތް ލިބެން ފެށުމެވެ.

“އިބިލީހުގެ ކައިވެންޏަށް” ވިޔަ ނުދެއްވާށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.