ހަޒާޑް ކާމިޔާބުކޮށްދިން ދެ ގޯލުން ޗެލްސީ މޮޅުވެއްޖެ

 

ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 1-3 ގެ ނަތީޖާއިން  ޗެލްސީ މޮޅުވެއްޖެއެވެ.

އިޝްތިހާރު Below Header ad

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް މެޗުގެ ފުރަތަމަ ގޯލުޖަހާ ލީޑުނެގީ ނިއުކާސަލް އިންނެވެ. ޗެލްސީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ގޯލު ނިއުކާސަލް އަށް މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑްވައިޓް ގޭލްއެވެ.

އެހެން ނަމަވެސް މެޗުގެ 21 ވަނަ މިނެޓްގައި އެޑެން ހަޒާޑް ވަނީ ގޯލެއް ކާމިޔާބުކޮށް ޗެލްސީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ޗެލްސީން ވަނީ އެޓީމުގެ ދެވަނަ ގޯލް ޖަހާ ލީޑުނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ  މޯސެސްގެ އެހީތެރިކަމާއި އެކު އަލްވަރޯ މޮރާޓާ އެވެ. މިއީ ލީގުގައި މޮރާޓާ ކާމިޔާބުކުރި ނުވަ ވަނަ ގޯލެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު ދެވަނަ ހާފްގައި ވެސް އެޓީމުން ދިޔައީ އިތުރު ގޯލުތަކެއް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓްގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީ އަކުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަޒާޑް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ ލީގުގައި ހަޒާޑް ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.

މި ގޯލަށްފަހު ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޗެލްސީން ތަނަވަސްކުރިއިރު ދެވަނަ ހާފްގައި ނިއުކާސަލް އަށް ޗެލްސީގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ.

މިރޭގެ މޮޅާއެކު ޗެލްސީ އޮތީ 32 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. ޗެލްސީ އަތުން މިރޭ ބަލިވި ނިއުކާސަލް އޮތީ 15 ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގައެވެ.

ލީގުގައި ދެން ޗެލްސީ ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.