ފީފާ ވޯލްޑް ކަޕް 2018ގެ ގުރުނެގުން ރޭ ބާއްވައިފި

2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ދުނިޔޭގެ 21 ވަނަ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވި 32 ޓީމުގެ މެދުގައި ގުރުއަތުލުން ރޭ ބާއްވައިފިއެވެ. މުބާރާތް ބާއްވާ ގައުމު ރަޝިއާގެ މޮސްކޯގެ ސްޓޭޓް ކްރެމްލިން ޕެލެސްގައި ގުރުނެގުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބޭއްވުނު އިރު، މި ރަސްމިއްޔާތުގައި ކުރީގެ މަސްހުރު ބައެއް ފުޓްބޯޅަ ތަރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސްޕެއިންއާއި ބާސާގެ ކުރީގެ ލެޖެންޑް ކާލޮސް ޕުޔޯލް، އިޓަލީގެ ގައުމީޓީމުގެ ކުރީގެ ކެޕްޓަން ކަނަވާރޯ، އަދި ވޯލްޑް ކަޕްގެ ލަނޑު ޖެހުމުގެ ރެކޯޑް އޮތް ޖަރުމަނުގެ ކުރީގެ ތަރި މިރްސްލޯފް ކްލޯސާ، އަދި އާޖެންޓީނާގެ މަސްހޫރު ލެޖެންޑް ޑީއޭގޯ މަރަޑޯނާ އަދި ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ ހިމެނެއެވެ.

ކުލަގަދަ ރަސްމިއްޔާތަކަށްފަހު ވޯލްޑްކަޕްގައިވާދަކުރާ 32 ޓީމު ޖުމްލަ 8 ގުރޫޕަކަށް ބަހާލެވިގެން ދިޔައިރު ދުނިޔޭގެ އެންމެ ގިނަ ބަޔަކު ނަޒަރު ހުއްޓީގެން ދިޔައީ ޔޫރަޕްގެ ފަހުގެ ދެ ޗެމްޕިއަނުންކަމަށްވާ ސްޕެއިންއާއި ޕޯޗުގަލް އެއް ގްރޫޕެއްގައި ލައްވާލުމުންނެވެ. އެގޮތުން މިފަހަރުގެ ވޯލްޑްކަޕްގައި މަރުގެ ގުރޫޕުގެ ގޮތުގައި ޕޯޗުގަލް އަދި ސްޕެއިން ހިމެނޭގްރޫޕް “ބީ” ވަނީ ވެގެން ގޮސްފައެވެ. ގްރޫޕް “ބީ”ގައި މި ދެޓީމުގެ އިތުރުން ދެން ހިމެނެނީ  އެފްރިކާ ބައްރުގެ މޮރޮކޯއާއި އޭސިއާ ބައްރުގެ އިރާންއެވެ.

އިޝްތިހާރު Below Header ad

އަންނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕްތަކަށް ޓީމުތައް ބެހިފައްވާ ގޮތަށް ބަލާއިރު:

ގްރޫޕް އޭ: ރަޝިއާ، ސައުދި އަރަބިއާ، މިޞްރު، އުރުގުއާއީ

ގްރޫޕް ބީ: ޕޯޗުގަލް، ސްޕެއިން، މޮރޮކޯ، އިރާން

ގްރޫޕް ސީ: ފްރާންސް، އޮސްޓްރޭލިއާ، ޕެރޫ، ޑެންމާކް

ގްރޫޕް ޑީ: އާޖެންޓީނާ، އައިސްލެންޑް، ކްރޮއޭޝިއާ، ނައިޖީރިއާ

ގްރޫޕް އީ: ބްރެޒިލް، ސްވިޒަލެންޑް، ކޮސްޓަ ރިކާ، ސާރބިއާ

ގްރޫޕް އެފް: ޖަރުމަނު، ސްވިޑަން، ދެކުނު ކޮރެއާ، މެކްސިކޯ

ގްރޫޕް ޖީ: ބެލްޖިއަމް، ޕެނަމާ، އިންގްލެންޑް، ޓިއުނީޝިއާ

ގްރޫޕް އެޗް: ޕޮލެންޑް، ސެނެގަލް، ކޮލޮމްބިއާ، ޖަޕާން

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުން ފުރުސަތު ނުލިބުނު މަސްހޫރު ގައުމުތަކުގެ ތެރޭގައި ވަރލްޑް ކަޕް 4 ފަހަރު ހޯދާފައިވާ އިޓަލީ އާއި ނެދަލެންޑްސްގެ އިތުރުން ޗިލީ ހިމެނެއެވެ.

2018 ވަނަ އަހަރުގެ ޖޫން 14 ވަނަ ދުވަހު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުޅުން ފެށިގެން ދާއިރު، މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ރަޝިއާއާއި ސައުދީ އަރަބިއާއެވެ. އެ މެޗު އޮންނާނީ މޮސްކޯގެ އެންމެ ދުވަސްވީ އެންމެ ބޮޑު ސްޓޭޑިއަމް ކަމަށްވާ ލުޒްނިކީ ސްޓޭޑިއަމްގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.