ބޮޑުޗުއްޓީގައި ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދިނުމަށް ރަނުގެ ފުރުސަތެއް!

 

ޕީސްފައުންޑޭޝަނުން ކުޑަކުދިންނަށް އަމާޒުކޮއްގެން ނަމާދު ވޯކްޝޮޕެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. ”ސުޖޫދް“ ގެ ނަމުގައި ބާއްވާ މި ވޯކްޝޮޕްގެ ހުށައަޅައި ދެއްވާނީ އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިހް ނަސީމް އެވެ. ޑިސެމްބަރ 25 އަދި 26 ގައި މި ހަރަކާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ވިލިމާލޭގައެވެ.

މިއިވެންޓަކީ އިސްލާމްދީނުގެ އެއް ތަނބު ކަމުގައިވާ ނަމާދާއި ބެހޭގޮތުން ގިނަގުނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ވޯކޮޝޮޕެކެވެ. މި ވޯކްޝޮޕް ގެ އަމާޒަކީ ނަމާދުގެ މުހިންމުކަމާ ނަމާދު ކުރާނޭ ގޮތުގެ އިތުރުން ނަމާދާއި ގުޅުންހުރި އެހެނިހެން ބައެއް ޙުކުމްތަށް ކުދިންނަށް ދަސްކޮށްދީ އުނގަންނައިދިނުމެވެ.

ސުޖޫދް ވޯކްޝޮޕް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ކުޑަކުދިންނާ އެކަށޭނެ ގޮތަށް ޝައުގުވެރިވާފަދަ ހަރަކާތް ތަކާއެކުގައެވެ. އެގޮތުން މި އިވެންޓްގެ ބައެއް ހަރަކާތްތަށް ވިލިމާލެ ބީޗް ސަރަހައްދުގައިވެސް ކުރިޔަށް ދާގޮތަށް ވަނީ ރޭވިފައެވެ.

މި ވޯކްޝޮޕް ޚާއްޞަކޮށްފައިވާ ޢުމުރުފުރާ އަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށެވެ. ބައިވެރިވުން މިހާރު ވަނީ ހުޅުވާލެވިފައެެވެ. އަދި މި ވޯކްޝޮޕްގެ ފީ އަކީ -/400 ރުފިޔާ އެވެ.

 

މި ވޯކްޝޮޕްގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން  SUJ<name><age> ޖެއްސަވުމަށް ފަހު 7341781 އަށް އެސް.އެމް.އެސް ކުރެއްވުމަކީ ޕީސް ފައުންޑޭޝަންގެ އެދެމެވެ.

އަދި މި އެވެންޓާބެހޭ އިތުރު މައުލޫމާތުwww.peace.mv/sujood އިން ލިބިވަޑައި ގަންނަވާނެއެެވެ.

 

އޮސްްޓްރޭލިއާއަށް އުފަން ޝެއިހް ނަސީމަކީ ސްވިޒަރލޭންޑް، ފިޖީ އަދި މެލޭޝިއާ ފަަދަ ޤައުމުތަކުގައި ޒުވާނުންނަށް ހިންގޭ އެކި އެކި އިވެންޓުތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެލައްވާ ބޭފުޅެކެވެ. ސަޢޫދީ އަރަބިޔާގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިން އިސްލާމިކް ލޯ ކިޔަވައިވިދާޅުވެގެން ހުންނެވި ޝެއިހް ނަސީމް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިސްލާމިކް ކޮލެޖް އޮފް އޮސްޓްރޭލިއާގައެވެ. މީގެ އިތުރުން ޝެއިހް ނަސީމަކީ އެތައް ތަޢުލީމީ އަދި އެހެނިހެން ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

މީގެ އިރުތުން، ޕީސް ފައުންޑޭޝަނުން ދަނީ ސިލްސިލާކޮށް ބާއްވާ ”ދަ ލެގަސީ“ އިންވެޓް ގެ ޕަބްލިކް ޓޯކް އެއް ޑިސެމްބަރު 28 ގައި ބޭއްވުމަށް ތައްޔާރު ވަމުންނެވެ. މި އިވެންޓްގައި ތަޤްރީރު ކުރެއްވުމަށް މެލޭޝިޔާއަށް އުފަން ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔެއް ކަމަށްވާ އައްޝައިހް ޙުސައިން ޔީ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެެވ

ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. މިގޮތުން މި ހިނގާ 2017 ވަނަ އަހަރުވެސް ވަރަށްތަފާތު ޙަރަކާތްތަކެއް ހިންގާފައި ވެއެެވެ. އެގޮތުން ”ނަމޫނާ“ ގެ ނަމުގައި ހިންގާ ފަންނީ ތަމްރީން ޕްރޮގްރާމާއި ”ދަ ލެގަސީ“ އަދި ”ޕެބްލްސް ފެމެލީ ހަވީރު“ ފާހަކަ ކޮށްލެވެއެވެ.

-ޚިޔާލު ފާޅުކުރައްވާ!- "ބޮޑުޗުއްޓީގައި ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދިނުމަށް ރަނުގެ ފުރުސަތެއް!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*