އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ކުޅުދުއްފުއްޓަށް!

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ކުޅުދުއްފުއްޓަށް ތައާރަފްކޮށް، މިކަމުގެ އުފަލުގައި ވަރަށް ހާއްސަ އޮފަރ އެއް ކުޅުދުއްފުށީގެ ރައްޔިތުންނަށް ގެނެސްދީފިއެވެ.

މިގޮތުން، 31 ޑިސެމްބަރ 2017 ގެ ކުރިން އުރީދޫގެ ސުޕަރނެޓްގެ ޚިދުމަތް ޙިޔާރު ކުރައްވާ ބޭފުޅުންނަށް، ފުރަތަމަ ތިން މަހުގެ މަހުފީ އިން 25% ގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

އިޝްތިހާރު Below Header ad

“ޒަމާނީ ތަރައްޤީ އާއި ހަމައަށް ވާސިލުވުމަށް އެންމެ މުހިއްމު އެއް ޚިދުމަތަކީ އިންޓަނެޓް ކަމަށްވުމާއި އެކު، އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ޚިދުމަތް ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ފޯރުކޮށްދިނުން. މިގޮތުން، ކުޅުދުއްފުށީގައި ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.

އުރީދޫ ސުޕަރނެޓް ކުޅުދުއްފުށީގައި ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ޕެކޭޖުތަކާއި އެކު އެވެ. މިގޮތުން، ކުޅުދުއްފުށިން ސުޕަރނެޓުގެ ޚިދުމަތް ޙިޔާރު ކުރައްވާ ކަސްޓަމަރުންނަށް، އިންޓަނެޓްގެ ޚިދުމަތް ލިބިގެންދާނީ މާކެޓުގެ އެންމެ ރަނގަޅު އަގުތަކުގައެވެ. ކުޅުދުއްފުއްޓަށް ސުޕަރނެޓް ނެޓްވަރކް ފުޅާކޮށްދިނުމުގައި އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕަރޓްނަރ އަކީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑް އެވެ.

ސުޕަރނެޓްގެ ޚިދުމަތް ޙިޔާރުކުރެއްވުމަށް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި، އުރީދޫ އިންވަނީ ސުޕަރނެޓް ރައުޓަރ ގަތުމަށް ހާއްސަ، 12 މަހުގެ އިންޓަނެޓް ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.