ޕީސްފައުންޑޭޝަންގެ ދަޢުވަތަކަށް އޮސްޓްރޭލިއާގެ ޝައިޚް ނަސީމް ރާއްޖެ ވަޑައިގަންނަވަނީ

ޕީސްފައުންޑޭޝަންގެ ދަޢުވަތަކަށް އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޢަބްދުލް ނަސީމް ިޑިސެމްބަރ މަހު 23 ގައި ރާއްޖެ ވަޑައި ގަންނަވަނަވާގޮތައް ވަނީ ހަމަޖެހިފައެވެ. ޑިސެންބަރު 28 އާހަމައަށް ރާއްޖޭގައި ޝައިޚް ނަސީމު ރާއްޖޭގައި ހުންނަވާނެއެވެ.

އޮސްްޓްރޭލިއާއަށް އުފަން ޝެއިހް ނަސީމަކީ ސްވިޒަރލޭންޑް، ފިޖީ އަދި މެލޭޝިއާ ފަަދަ ޤައުމުތަކުގައި ޒުވާނުންނަށް ހިންގޭ އެކި އެކި އިވެންޓުތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެލައްވާ ބޭފުޅެކެވެ.

އިޝްތިހާރު Below Header ad

ސަޢޫދީ އަރަބިޔާގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިން އިސްލާމިކް ލޯ ކިޔަވައިވިދާޅުވެގެން ހުންނެވި ޝެއިހް ނަސީމް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިސްލާމިކް ކޮލެޖް އޮފް އޮސްޓްރޭލިއާގައެވެ. މީގެ އިތުރުން ޝެއިހް ނަސީމަކީ އެތައް ތަޢުލީމީ އަދި އެހެނިހެން ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ޝެއިހް ރާއްޖެެއަށް ކުރައްވާ ދަރުތުފުޅުގައި ޒުވާނުންނާ ކުޑަކުދިންނަށް އަމާޒުކުރެވިގެން ވަރަށް ޚާއްޞަ ތަފާތު ހަރަކާތްތަކެއް ރޭވުމަށް ޕީސް ފައުންޑޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

މީގެ އިރުތުން، ޕީސް ފައުންޑޭޝަނުން ދަނީ ސިލްސިލާކޮށް ބާއްވާ “ދަ ލެގަސީ” އިންވެޓް ގެ ޕަބްލިކް ޓޯކް އެއް ޑިސެމްބަރު 28 ގައި ބޭއްވުމަށް ތައްޔާރު ވަމުންނެވެ. މި އިވެންޓްގައި ތަޤްރީރު ކުރެއްވުމަށް މެލޭޝިޔާއަށް އުފަން ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔެއް ކަމަށްވާ އައްޝައިހް ޙުސައިން ޔީ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެެވ

ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދަޢުވަތު ފެތުރުމާއި ޢާންމުން ހޭލުންތެރިކުމުގެ ގޮތުން ދީނީ އަދި އިޖްތިމާޢީ ވަރަށް ކާމިޔާބު ބޮޑެތި ޙަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. މިގޮތުން މި ހިނގާ 2017 ވަނަ އަހަރުވެސް ވަރަށްތަފާތު ޙަރަކާތްތަކެއް ހިންގާފައި ވެއެެވެ. އެގޮތުން “ނަމޫނާ” ގެ ނަމުގައި ހިންގާ ފަންނީ ތަމްރީން ޕްރޮގްރާމާއި “ދަ ލެގަސީ” އަދި “ޕެބްލްސް ފެމެލީ ހަވީރު” ފާހަކަ ކޮށްލެވެއެވެ.

ފަހަކަށް އައިސް ޕީސްފައުންޑޭޝަންގެ މަޤްބޫލުކަން ދަނީ ހަލުވި ދުވެއްޔެއްގައި އިތުރުވަމުންކަންވެސް ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.