ރާއްޖޭގެ އެންމެ ކުލަގަދަ ދުވުމުގެ އިވެންޓް، އުރީދޫ އިން ޑިސެމްބަރ 2 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވަނީ!

އުރީދޫ ކަލަރ ރަންގެ ނަމުގައި، ރާއްޖޭގެ ދުވުމުގެ މައިދާނަށް މުޅިން އައު، އަދި އެހާމެ ކުލަގަދަ އިވެންޓެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.

ޔުނިކްސް ސްޕޯޓްސް އާއި އެކު ކުރިއަށްގެންދާ މި ދުވުން ބޭއްވިގެންދާނީ 2 ޑިސެމްބަރ 2017 ކަމަށްވާ ހޮނިހިރު ދުވަހުގެ ހަވީރު، ހުޅުމާލޭގައެވެ. މިފަދަ ދުވުންތައް ދުނިޔޭގެ އެކިހިސާބުތަކުގައި މަގުބޫލުކަން ހޯދާފައިވާއިރު، ރާއްޖޭގެ ގިނަ ދުވުންތެރިންނެއް ވަނީ އުރީދޫ ކަލަރ ރަން އަށް ހޫނު މަރުޙަބާ އެއް ކިޔާފައެވެ.

އިޝްތިހާރު Below Header ad

“މި ފޯރިގަދަ ރަން ދިވެހި ދުވުންތެރިންނާއި ހަމައަށް ގެނެސްދެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ދުވުންތެރިންގެ އަދަދު ދަނީ އިތުރުވަމުން. ދުވުމަކީ ގިނަ ގުނަ ފައިދާ ހިމެނޭ ކަމަކަށްވެފައި، މި ކަމަށް އިތުރު ހިއްވަރެއް ދިނުމުގެ ގޮތުން، އަޅުގަނޑުމެން މި ތައާރަފްކުރަނީ މި ދާއިރާ އަށް މުޅިން އައު އަދި ތަފާތު އިވެންޓެއް.” އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.

އުރީދޫ ކަލަރ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.  ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

7 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، އެއްވެސް ފީ އަކާ ނުލާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ހަމަ އެހެންމެ، ކަލަރ ރަންގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތަށް ހިމެނޭ ކިޓެއްވެސް ގަންނަން ލިބޭނެއެވެ. މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން www.ooredoo.mv/ColorRun މެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރކުރެވޭނެއެވެ.

ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ އުރީދޫ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރ އެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެފަރާތަށް ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަގުފަހިކޮށްދެވޭނެއެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ކަލަރ ރަން ގައި ބައިވެރިވުމަށް، އުރީދޫ އަދި މި ދުވުމުގެ އެންމެހާ ޕަރޓްނަރުން ދައުވަތު އަރުވައެވެ. މި ދުވުމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕޭޖުތަކުން ފޯރުކޮށްދެވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.