ވާރުކަޕް 2017

ވާރުކަޕް 2017 ގެ ނަމުގައި ކޮޅުމަޑުލު އަތޮޅުކައުންސިލްގެ ފަރާތުން ބާއްވާ ފުޓްސަލް މުބާރާތުގެ ކުޅުން 13 އޮކްޓޫބަރު 2017 ގައި ވަނީ ފެށިފައި، މިމުބާރާތުގައި ޖުމްލަ 7 ޓީމް ބައިވެރިވެފައިވޭ މިއީ ވޭމަންޑޫގެ މުއައްސަސާތަކުގެ މެދުގައި ބޭއްވޭ މިފަދަ 3 ވަނަ މުބާރާތެވެ. މިއީ ދެ ގްރޫޕަކަށް ބަހާލެވިގެން ކުރިއަށްދާ މުބާރާތެކެވެ.

މިގޮތުން 13 ވަނަ ދުވަހު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކޮޅުމަޑުލު އަތޮޅު ކައުންސިލާއި ބީ.ވައި.އެސް.އެފް.ސީ ޓީމެވެ، މިމެޗުގެ ނަތީޖާވަނީ 1 – 1 ން އެއްވަރުވެފައެވެ. މިމެޗްގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ތ.އަތޮޅުކައުންސިލް ޓީމްގެ ޖާޒީ ނަންބަރު 99 އަލީ ޒާހިރެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ފެނަކައާއި ސްކޫލެވެ، މިމެޗުގެ ނަތީޖާވެސްވަނީ 1 – 1 ން އެއްވަރުވެފައެވެ. މިމެޗްގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ތ.ވޭމަންޑޫ ސްކޫލް ޓީމްގެ ޖާޒީ ނަންބަރު 20 އަބްދުﷲ ޔާމީނެވެ.

އިޝްތިހާރު Below Header ad

14 ވަނަ ދުވަހު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހޮސްޕިޓަލާއި ޕޮލިސް ޓީމެވެ. މިމެޗްގެ ނަތީޖާ 2 – 2 ން ވަނީ އެއްވަރުވެފައެވެ މިމެޗްގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ވޭމަންޑޫ ޕޮލިސްޓީމްގެ ޖާޒީ ނަންބަރު 14 ޙުސައިން ރަޝީދެވެ، މިދުވަހުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފެނަކަ އަދި ވޭމަންޑޫ ކައުންސިލްގެ ޓީމެވެ، މިމެޗްގެ ނަތީޖާވެސް 2 – 2 ން ވަނީ އެއްވަރުވެފައެވެ. މިމެޗްގެ މޭންއޮފްދަމެޗަކަށް ހޮވިފައިވަނީ ފެނަކަ ޓީމްގެ ޖާޒީ ނަންބަރު 11 ހަމްދޫނު އަޙްމަދެވެ.

varr

މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހޮސްޕިޓަލާއި ބީ.ވައި.އެސް.އެފް.ސީ ޓީމެވެ، މިމެޗްގެ ނަތީޖާވަނީ 1 – 1 ން އެއްވަރުވެފައެވެ، މިމެޗްގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ ހޮސްޕިޓަލްޓީމްގެ ޖާޒީ ނަންބަރު 7 ޙަސަން ނިޒާމެވެ ، ދެވަނަ މެޗުގައި ބައްދަލުކުރީ ކޮޅުމަޑުލު ކައުންސިލާއި ޕޮލިސް ޓީމެވެ، މިމެޗް 8 – 2 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ކޮޅުމަޑުލު އަތޮޅު ކައުންސިލް ޓީމެވެ. މިމެޗްގެ މެން އޮފްދަމެޗަކަށް ހޮވިފައިވަނީ ކޮޅުމަޑުލު އަތޮޅުކައުންސިލް ޓީމްގެ ޖާޒީ ނަންބަރު 11 ނަދީމް އަހްމަދެވެ.

vaarrr

މިމުބާރާތުގެ މަޤުޞަދަކީ ވޭމަންޑޫގައި ހުރި އެންމެހައި މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫޙް އާލާކޮށް ދެމެހެއްޓުމެވެ.

ބައިވެރިވާ ޓީމްތައް:

  1. 1 ކޮޅުމަޑުލު އަތޮޅުކައުންސިލް
  2. ބީ.ވައި.އެސް. އެފް.ސީ (ބޭންކް ތ.ވެމާންޑޫ ބްރާންޗް، ވޭމަންޑޫ ފެމިލީ އެންޑް ޗިލްޑްރެން ސަރިވސް ސެންޓަރު، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓް، އެސް.ޓީ.އޯ ތ.ވޭމަންޑޫ ބޭސްފިހާރު އަދި ތ.ވޭމަންޑޫ ޔޫތް ސެންޓަރު )
  3. ތ.އަތޮޅު ހޮސްޕިޓަލް
  4. ތ.ވޭމަންޑޫ ޕޮލިސް
  5. ތ.ވޭމަންޑޫ ކައުންސިލްގެ އިދާރާ
  6. ފެނަކަ ތ.ވޭމަންޑޫ ބްރާންޗް
  7. ތ.ވޭމަންޑޫ ސްކޫލް

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.