އ.ދ.ގެ 72 ވަނަ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ހައި-ލެވަލް ރައުންޑް-ޓޭބަލް އިވެންޓުގައި މިނިސްޓަރ ޒެނީޝާ ބައިވެރިވެވަޑައިގެންފި

އިޤުތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން އ.ދ.ގެ 72 ވަނަ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ހައި-ލެވަލް ރައުންޑް-ޓޭބަލް އިވެންޓުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި މިންތީ ތަފާތުކުރުން އަދިވެސް ދުނިޔޭގައި އޮތްކަން ފާހަގަކޮށް، އިޤުތިޞާދީގޮތުން އަންހެނުން ބާރުވެރި ކުރެވިއްޖެނަމަ އިޤުތިޞާދަށާއި މުޖުތަމަޢުއަށް ލިބޭނެ ކުރިއެރުންތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނެވެ.

އިޝްތިހާރު Below Header ad

އެގޮތުން، އަންހެނުން ބާރުވެރިކުރުވުމަކީ ދިވެހި ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދޭ ކަމެއްކަމުގައި ވިދާޅުވެ، އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވައި އަންހެނުންގެ ލީޑަރޝިޕް އިތުރުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ކޮމިޝަންތަކާއި ކުންފުނިތަކުގެ މެނޭޖިންގ ބޯޑުތަކުގައި މަދުވެގެން 30 އިންސައްތަ އަންހެނުން ތިބޭގޮތަށް 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމަޖައްސަވައިފައިވާކަން މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ސަރުކާރުން ޚާއްޞަ ލޯނު ސްކީމެއް ތަޢާރަފުކުރުމުގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަމާޒުކޮށްގެން ފަންނީ ގާބިލުކަން އިތުރުކުރުމުގެ ތަމްރީނުތަކާއި ވޯކްޝޮޕްތައް ރަށު ފެންވަރުގައި ކުރިއަށް ގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރަމުން ދާ މަސައްކަތްތަކުގައި ލަފައާއި އިރުޝާދު ދިނުމަށް “ކައުންސިލް ފޮރ އެކޮނޮމިކް އެމްޕަވަރމަންޓް އޮފް ވިމެން”ގެ ނަމުގައި ކައުންސިލެއް އުފައްދަވައިފައިވާކަމުގެ މަޢުލޫމާތުވެސް އެކަމަނާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ހައި-ލެވަލް ޕެނަލްގެ ފަރާތުން އެރުވި ޚިޔާލާއެއްގޮތަށް، އިޤުތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުވުމުގައި ހުރި ހުރަސްތައް ނައްތާލައި، މިކަމުގައި އެއްވެސް ފަރުދަކު ބާކީނުވާނޭގޮތަށް، މުޖުތަމަޢުގައި އެންމެ ބޮޑަށް އެކަހެރިކުރެވިފައިވާ އަންހުންވެސް ޝާމިލުކޮށްގެން ކުރިއަށްދިޔުމަށް ނިންމުނެވެ.

މި ސައިޑް-އިވެންޓްގެ ރިޔާސަތު ބަލަހައްޓަވައިފައިވަނީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ އެންޓޯނިއޯ ގުޓެރޭސް އެވެ. އަދި ކީ-ނޯޓް ސްޕީކަރުންގެ ތެރޭގައި ކޮސްޓަރީކާގެ ރައީސް މިސްޓަރ ލުއިސް ގުއިލަރމޯ ސޯލިސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އަދި އެކްޒެކިއުޓިވް ޑިރެކްޓަރ އޮފް ޔޫއެން ވިމެން މިސް ޕުމްޒިލީ މްލަމްބޯނެކޫގާ ހިމެނިވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.