އޮގަސްޓު މަހު މީރާއަށް 1 ބިލިއަން ރުފިޔާ

ފައިލް ފޮޓޯ

ފާއިތުވި އޮގަސްޓު މަހު މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ.

މި ޢަދަދާއެކު މި އަހަރުގެ މިހާތަނަށް މީރާއަށް ބަލައިގަތް އާމްދަނީގެ ޖުމުލަ ވަނީ 10.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މީގެ ތެރެއިން އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ އޮގަސްޓު މަހު ލިބުނު ޖުމުލަ އާމްދަނީގެ %46.9 ނުވަތަ 469.4 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ (16.2% ނުވަތަ 161.8 މިލިއަން ރުފިޔާ) އިންނެވެ.

މީގެ އިތުރުން ބިޒްނަސް ޕްރޮފިޓް ޓެކްސް (%12.7 ނުވަތަ 126.9 މިލިއަން ރުފިޔާ)، ގްރީން ޓެކްސް (% 5.2ނުވަތަ 52.2 މިލިއަން ރުފިޔާ) އަދި އެއަރޕޯޓު ސަރވިސް ޗާޖް އިން (%4.4 ނުވަތަ 44.4 މިލިއަން ރުފިޔާ) ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.

އޮގަސްޓު 2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 39.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި ވެސް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.

-ޚިޔާލު ފާޅުކުރައްވާ!- "އޮގަސްޓު މަހު މީރާއަށް 1 ބިލިއަން ރުފިޔާ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*