އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ނިޕޯންޕެއިންޓް ކަލަރ ފިއެސްޓަރގެ ނަމުގައި ޕްރޮމޯޝަންއެއް ފަށައިފި

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ނިޕޯން ޕެއިންޓްއަށް ހާއްސަކޮށްގެން މިއަހަރު ކުރިއަށްގެންދާ ކަލަރ ފިއެސްޓަރ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ 10 ސެޕްޓެމްބަރ އިން 9 ނޮވެމްބަރ 2017 ގެ ނިޔަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައެވެ. މިޕްރޮމޯޝަންގައި ނިޕޯން ޕެއިންޓުގެ ޕްރޮޑަކްޓްތައް ވަރަށް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެކަމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދިނެވެ.

މީގެ އިތުރުން ނިޕޯން ޕެއިންޓްއިން ކުރައްވާ ކޮންމެ 1500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް އަދި ވަގުތުން ލިބޭ އަގުހުރި އިނާމްތަކެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ނިޕޯން އެކްސްސަރީސް ގިފްޓް ހޭމްޕާރ އެއް ލިބިވަޑައިގަންނަވާނެއެވެ.

ނިޕޯން ޕެއިންޓަ ކަލަރ ފިއެސްޓާ ޕްރޮމޯޝަންގައި 3 ނަސީބުވެރިން ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި ޕްރޮމޯޝަން ނިމުމުން މުޅި ޕްރޮމޯޝަންއިން 1 ވަނައަށް އަންނަ ފަރާތަކަށް 25000 ރުފިޔާގެ ވައުޗަރއެއް އަދި 2 ވަނައަށް އަންނަ ފަރާތަކަށް 15000 ރުފިޔާ ވައުޗަރއެއް އަދި 3 ވަނައަށް އަންނަ ފަރާތަކަށް 8000 ރުފިޔާގެ ވައުޗަރއެއް ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދެއްވި ގޮތުގައި މިޕްރޮމޯޝަންގެ ތެެރޭގައި ނިޕޯން ޕެއިންޓްގެ އާ ޕްރޮޑަކްޓް މޮޒީ ގާރޑް މާރކެޓަށް ނެރެވިގެންދާނެއެވެ.

-ޚިޔާލު ފާޅުކުރައްވާ!- "އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ނިޕޯންޕެއިންޓް ކަލަރ ފިއެސްޓަރގެ ނަމުގައި ޕްރޮމޯޝަންއެއް ފަށައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*