އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭނަށް ކުޑަކުދިންގެ ޚިޔާލާއި ބައިވެރިވުން ހޯދުމުގެ ގޮތުން ފޯރަމެއް ބާއްވައިފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުން ހޯދައިގެން އެކުލަވާލި ޤައުމީ އެކްޝަން ޕްލޭނަށް ކުޑަކުދިންގެ ޚިޔާލާއި ބައިވެރިވުން ހޯދުމުގެ ގޮތުން ފޯރަމެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ޗަންޕާ ސެންޓްރަލް ހޮޓަލުގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި 15 އަހަރާއި 17 އަހަރާ ދެމެދުގެ ޖުމްލަ 34 ކުދިން ބައިވެރިވެފައިވެއެވެ. މިގޮތުން ކުދިން ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، މެޕްސް އިންޓަނޭޝަނަލް ހައި އަދި ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ހިމެނެއެވެ. މީގެއިތުރުން ޖަމާލުއްދީން ސްކޫލްގެ ކްލާސް ފޯރ ހިޔަރިންގ އިމްޕެއަރޑް ޗިލްޑރަންގެ ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.

އިޝްތިހާރު Below Header ad

މި ފޯރަމްގައި އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭނާ ގުޅޭގޮތުން ކުދިންގެ މެދުގައި މަޝްވަރާކޮށް، އެ ކުދިންގެ ޚިޔާލުތައް ކަރުދާހެއްގެ ސިފައިގައި ހުށަހަޅައިފައިވެއެވެ. އަދި ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެކަންކަން ޙައްލުކުރުމަށްޓަކައި މުއައްސަސާތަކުން އަދާކުރެވިދާނެ ދައުރާމެދު ކުދިންގެ ވިސްނުން ޙިއްޞާކޮށްފައިވެއެވެ. މީގެއިތުރުން، ޢާންމުން ހޭލުންތެރިކުރުވުމަށް ކުރެވިދާނެ ކަންކަމާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުން ޤާނޫނީ ނިޒާމުގެ ތެރެއިން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކުދިންގެ ޚިޔާލު މަޝްވަރާކޮށްފައިވެއެވެ.

އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭނަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ރާއްޖޭން ބޭރުގެ ފަރާތްތައް ހިމެނޭގޮތަށް މަޝްވަރާކުރެވުމަށްފަހު، އޮގަސްޓު މަހު އިފުތިތާހުކުރެވުނު 2 އަހަރު ދުވަހުގެ ޕްލޭނެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.