ތާރީޚީ ނަޛަރަކުން މިޔަންމާ (އަރާކާން) ގެ މުސްލިމުން

އަރާކާން ( ބަރުމާގެ ހުޅަނގު ދެކުނު އައްސޭރި ފަށުގައިވާ ސަރަހައްދައް ކިޔާނަމެއް ) މިއީ ޢަރަބި ވިޔާފާރި ވެރިންގެ ފަރާތުން އިސްލާމް ދީނުގެނޫރު ފާޅުވި ހިސާބެކެވެ. މިތަނުގައި އިސްލާމް ދީން ފެތުރުނީ ޢައްބާސީ ޚަލީފާ ހާރޫނުއްރަޝީދުގެ ދުވަސްވަރުގައެވެ. އެއީ މީލާދީން 788 ގައެވެ. މީލާދީން 13 ވަނަ ގަރުނާއި ހަމަޔަށް އައިރު މިއީ  ދުރަށްފެންނަ ގޮތައް މިސްކިތްތަކުން ޒީނަތްތެރިވެފައިވާ މުސްލިމުވަންތަކަން ދައްކުވައިދޭ އަންހެނުން ހިޖާބު އަޅައިފައިވާ މުސްލިމުންގެ ސަރައްހައްދެއް ކަމުގައި ވިއެވެ.

މިލާދީން 1430 ގައި އަރާކާން އަކީ ފުރިހަމަ އިސްލާމީ ދައުލަތެއް ކަމުގައި ވެގެން ދިޔެއެވެ. އަދި ދައުލަތުގެ ރަސްމީ ބަހަކީ ފާރިސީބަސް ކަމުގައި ކަނޑައެޅުނުވެ. މިކަން މިގޮތުގައި އިނގެރޭސީންގެ އިސްތިޢުމާރާ ޖެހެންދެންވެސް ދެމިއޮތުވެ. މިދައުލަތުގެ ރަސްރަސްކަލުން އެމީހުންގެ އަމިއްލަ ލަގަބެއްގެ ގޮތުގައި ނަމުގެ ފަހަތައް “ޝާޙު” ކިޔެއެވެ. މިގޮތުން މީލާދީން 1784 ޖެހެން ދެން  މުސްލިމު ވެރިންގެ 48 ރަސްކަލުން އަރާކާންގައި ވެރިކަން ކުރެއްވިއެވެ.  މިތާނގެ މުސްލިމުންގެ ރަން ތާރީޚުން ފެންނަ ގޮތުގައި އަރާކާންގެ ރަސްކަލަކަށް ތަޚުތުގައި އިނުމުގެ ކުރިން ޝަރުޢީ އިސްލާމީ ރޮގުން ސަނަދެއް އޮންނަމީހަކަށް ވުން އެއީ އެތާނުގެ ރަސްކަލެއްކަމުގައިވުމުގައި ޝަރުޠެކެވެ. އަދި އެތަނުގެ ފައިސާ ފޮތިތަކުގައި  “لا إله إلا اللهمحمد رسول الله” (وأن أقيموا الدين)  މި އިބާރާތްތައް ލިޔެފައިވުން މިކަމުގެ ހެއްކަކަށް ފުދެއެވެ.

އިޝްތިހާރު Below Header ad
220px Muhghazi
އަރަކާންގައި ބޭނުންކުރި ފައިސާ ފޮތިތަށް

މިލާދީން 1784  ބަރުމާގެ ބުޑިސްޓް  އަނިޔާވެރި ހައްދުފަހަނައަޅައިފައިވާ ރަސްކަލެއްކަމުގައވާ “بودوبيه” އަރާކާން އަށް ހަލަދީ އަރާކާން އަޅުވެތިކޮށް އަރާކާން އަކީ ބަރުމާގެ ބައެއްކަމުގައި ކަނޑައަޅައި އެސަރަހަށްދައް “މިޔަންމާ” މިނަން ކިޔެވެ. އެއަށް ފަހު މުސްލިމުން މިސްކިތްތަކާއި ލައިބުރަރީ ތަކާއި މަދަރުސާތައް ތަޅާ ސުންނާފަތިކޮށް އިސްލާމް ދީނުގެ ވަސް ފޮހެލަން މަސައްކަތްފެށިއެވެ. މިގޮތުން ބުދުފަށްޅިތައް އެތަނުގައި އަޅައި އިސްލާމީ އަސަރު އެސަރަހަށްދުން ފޮހެލަން މަސައްކަތް ކުރިއެވެ. މިގޮތުގައި ކަން ހިނގަމުން ދަނިކޮށް އިނގިރޭސީންގެ އިސްތިޢުމާރު ބަރުމާއަށް އައުމުން އަނެއްކާވެސް މިތާނގައި މުސްލިމުންގެ އަދަދު އިތުރުވާން ފެށިއެވެ. ސަބަބަކީ އިންޑިޔާގެ މުސްލިމުން އިނގިރޭސީންގެ ބައެއް މަސައްކަތްތަކާއި ވިޔާފާރީގެ ކަންކަމުގައި އެހީތެރިވުމަށް ބަރުމާގައި މަސައްކަތްކުރުމުވެ. މިއީ އިނގރޭސީންވެސް ބިރުގަތް ކަމަކަށް ވެގެން ދިޔައެވެ.  ދެން އަނެއްކާވެސް އިނގިރޭސީން އަތުން ބަރުމާ (މިޔަންމާ) 1948 ގައި މިނިވަންވި ހިސާބުން އަނެއްކާވެސް މުސްލިމުންގެ އަދަދު ވަރަށްބޮޑަށް ދަށަށްގޮސް މިޔަންމާ އިން މުސްލިމްގެ ވަސް ފިލުވާލަން ކުރާމަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދެއެވެ. އަދި މިހާރުވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެމަންޒަރެވެ.

އަރާކާންގައި ވެރިކަން ކުރެއްވި ބައެއް ރަސްރަސްކަލުން :

  1. سليمان شاه : 1430 – 1437
  2. علي خان : 1437 – 1459
  3. كلمة شاه : 1459 – 1489
  4. منكو شاه : 1482 – 1491
  5. محمد شاه : 1491 – 1493
  6. نوري شاه : 1493 – 1494
  7. شوق مقدول : 1494 – 1500
  8.  عالي شاه : 1509 – 1513 
  9.  جلال شاه : 1513 – 1515
  10.  إل شاه آزاد : 1515 – 1521

Related image

 


މިއަދު މިޔަންމާގެ ޙާލަތު 

Related image

އިޤްތިޞާދީ ގޮތުން އަޅައިފައިވާ  ދަތިކުރުމުގެ ފިޔަވަޅުތައް:

1-   މިޔަންމާގެ ވެރިން މުސްލިމުންގެ ބިންތަޢް އަތުލައިގަނެ އަދި މަސްވެރިކަން ކުރަމުން ދިޔަ ބޯޓު ފަހަރުވެސް  އެއްވެސް ސަބަބަކާ ނުލައި ނެގުން.

2-   ކޮންމެ އެއްޗަކުން ބޮޑުކޮށް ޓެކްސް ނަގައި ފައިސާއިން ޖޫރިމަނާކޮށް އަދި ދަޑުވެރިކަމުން ލިބޭ އެއްޗެއް  އަސްކަރިއްޔާ އަށް ފިޔަވާ އެހެންމީހުންނަށް  ވިއްކުން މަނާކުރުން. މިހެން ހެދުމުގެ މައިގަނޑު ބޭނުމަކީ މުސްލިމުން  ފަޤީރުކަންމަތީ ބޭތިއްބުމާއި  އަދި އެމީހިންނަށް ރަށުން ނިކުމެގެންދިއުމަށް މަޖުބޫރު ކުރުވުމެވެ.

3-   ދަނޑުވެރިކަމުގެ ފަހުގެ އާލާތްތައްވިއްކުމާއި ދަނޑު ވެރިކަމުގެ މަޝްޜޫއުތައް ފުޅާ ކުރުން މުސްލިމުންނަށްވަނީ  މަނާކުރުން.

4-    އެއްވެސް ކަހަލަ ބަދަލެއް އަދި އިންޒާރާކާއި ނުލައި ބޭނުން ކުރާ ފައިސާތައް ކެންސަލް ކޮށްލުން.

5-   މުސްލިމުންގެ ދަނޑުތައް އަންދާލައި ދަނޑުވެރިކަމުގައި ބޭނުންކުރަމުންދާ ޖަނަވާރުތަށް މަރާލުން

6-   އަރާކާންގެ ޞިނާއީ އެއްވެސް މަސައްކަތެއް ކުރުން މުސްލިމުންނަށް ހުއްދަ ނުދިނުން

ދީނީ ގޮތުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް :

1-   ފޮތްތައް ޗާޕުކޮށް ޕުރިންޓު ކޮށް ޝާއިއު ކުރުމަކީ ސަރުކާރުގެ ވަކިމިންގަޑެއްގެ ދަށުން ކުރަން ހުއްދަ އޮތް ކަމަށް ވިޔަސް އެކަން ކުރުމަށް ދަތިކޮށްފައިވުން.

2-    މަސައްކަތުގައި އުޅޭއިރު ތުބުޅި ދިގުކުރުން އަދި އިސްލާމީ ހެދުން ލުން މަނާވުން.

3-    މުސްލިމުންގެ މިލްކިއްޔާތުގައި ވާ ތަންތަނާއި ވަޤުފުތަކާއި މުސްލިމުން ވަޅުލުމަށް ޚާއްސަ ކޮށްފައިވާ ޤަބުރުސްތާން ފަދަ ތަންތަން ސަރުކާރަށް ނަގައި ޣައިރު މުސްލިމުންނަށް އެތަންތަން ދިނުން ނުވަތަ ޢާއްމު ފާޚާނާތައް ފަދަ ތަންތަން އެތަންތާގައި ހެދުން.

4-   ބަންގި ގޮވުމަށްޓަކައި ތާޅަ ފިލި ބޭނުންކުރުން މަނާކުރުން އަދި  1983މ ވަނަ އަހަރުގެ ރަމަޟާން މަހައްފަހު ބަންގި ގޮވުންވެސް މަނާކުރުން.

5-   ޢާންމު ގޮތެއްގައި މުސްލިމުންނަށް ފަރުޟު ޙައްޖުވުން މަނާކުރުން ނަމަވެސް ސަރުކާރު ރުހޭ މަދު ބަޔަކު މިކަމުން އިސްތިޘްނާވެއެވެ.

6-    އުޟުހިޔާ ކަތިލުން މަނާކުރުން.

7-   މުސްލިމުންނަށް ހައްޖުގެ ފަރުޟު އަދާކުރުން މަނާކުރިއެވެ. އެ އިސްތިޘްނާ މަދުބަޔަކީ ހުކޫމާގެ  މީހުންނަށް އެނގޭ އެމީހުންނާއި ، އެމީހުންގެ ސުލޫކައް ރުހޭމީހުން އެކަންޏެވެ.

8-    މިސްކިތައް ތަޅާލުމަށްފަހު އެތަންތާނގައި ނާސިގެތަކާއި ރާބޯ ތަންތަނާއި އަދި މިނޫނަސް ބަގީޗާތައް ފަދަ ތަންތަން ހެދުން .

9-    އިސްލާމީ އާޘާރީ ތަންތަނާއި އިސްލާމީ ޝިޢާރު ފާޅުފަދަ އެއްވެސް ތަނެއް ނުވަތަ އެއްވެއް ވިޔަސް ހަލާކޮށް ކޮށް ނެތި ކޮށްލުން.

Rohingya in Bangladesh, where most of the refugees are not registered and have no rights at all. >Photo credit: EU/ECHO/Pierre Prakash/Flickr

ދުޢާ އަކީ ﷲ ސުބުހާނަހޫ ވަތަޢާލާ މިޔަންމާގެ ނިކަމެތި އަހުލުން މިނުބައިމީހުންގެ ކިބައި ސަލާމަތް ކުރައްވާ އެތަނަކީ ﷲ ގެ ކަލިމަފުޅު މަތިވަރި ކުރެވޭ ތަނެއް ކަމުގައި ލެއްވުމެވެ. އާމީން.

 

ނޯޓް: މި ލިޔުމަކީ އައްޝައިޙް މަންސޫރު އާދަމް އެބޭފުޅާގެ ބޮލޮގްގައި ޝާޢިއު ކޮށްފައިވާ ލިޔުމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.