ދިރާގުން މިއަހަރުވެސް ފިތުރު ޢީދުގައި ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފި

ދިރާގުގެ ފަރާތުން މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިތުރު ޢީދުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ޢީދު ހަދިޔާ ބެހުމުގެ ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފިއެވެ.

މާލޭގެ އިތުރުން، ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާ އަށް އަތޮޅެއްގައި އީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ކުޑަކުދިން ޖަމާވާ އެކި ސަރަހައްދުތަކުގައި ޢީދު ނަމާދުގެ ފަހުގައި ވަނީ ހަދިޔާ ބަހާފައެވެ. މި ހަދިޔާތައް ބެހުމުގައި ހަރަކާތްތެރިވެފައިވަނީ ދިރާގުގެ މުވައްޒަފުންނެވެ.

އިޝްތިހާރު Below Header ad

ދިރާގުން ބުނީ ޢީދުގެ މުނާސަބަތަކުގައި ޢީދު ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށްވެފައި މިފަދަ ހަރަކާތެއް ބޭއްވުމަކީ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކޮށް ޢީދުގެ އުފަލުގައި އެންމެން ބައިވެރި ވުމަށް ލިބިގެންދާ ފުރުސަތެއްކަމަށެވެ.

ވުމާއެކު މިއަހަރުވެސް ފިތުރު ޢީދުގެ މި އުފާވެރި މުނާސަބަތުގައި ކުޑަކުދިނަން ބޭނުންތެރި ހަދިޔާ ދިނުމަކީ ދިރާގުގެ ހުރިހާ މުވައްޒަފުންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކުޑަކުދިން ރައްކާތެރިކުމާއި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއްދޭ އެއް ކަމެވެ. ދިރާގުން ވޭތުވެދިޔަ އަހަރު ތަކުގައި ކުޑަކުދިން ރައްކާތެރިކުރުމާއި ހިމާޔައްކުރުމަށް ގޮވާލާ ވަރަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައިއެވެ.

ދިރާގުން ވަނީ މިދިޔަ އަހަރުގެ ފިތުރުޢީދާ ގުޅިގެންވެސް ކުޑަކުދިންނަށް ޢީދު ހަދިޔާ ބަހާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.