މޫނުބުރުގާ އަޅައިގެން ނަމާދު ކުރުން

ސުވާލު: މޫނުބުރުގާ އަޅައިގެން ނަމާދު ނުކުރެވޭނެ ކަމުގެ އެއްވެސް ދަލީލެއް ނުވަތަ ހަދީޘް އެއް ބުނެދެއްވަފާނަންތޯ؟ (އަޅުގަނޑު ކައިރީގަ ކުއްޖަކުބުނި އޭނައަށް އަޑުއިވިފަ އެބަހުރި ބައެއް ޢިލްމުވެރިން ވިދާޅުވެފަ އެ ސުވާލުގަ އެވާފަދަ ކަމެއްދިމާ ވެއްޖެނަމަ މޫނުބުރުގާ އަޅައިގެން ނަމާދުކުރެވޭނެ ކަމަށް.)

ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

އިޝްތިހާރު Below Header ad

ނަމާދުގައި އަންހެނާގެ ޢައުރަ އަކީ މޫނާއި ދެއަތްތިލަ ފިޔަވާ އެހްނ ހުރިހާ ތަނެކެވެ. އެހެންނަމަވެސް ފިރިހެނުންނަށް ފެންނަ ގޮތަށް ހާމަތަނެއްގައި ނަމާދު ކުރަން ޖެހިއްޖެ ހިނދެއްގައި މޫނު ފޮރުވައިގެން ނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައި އެބަ ހުއްޓެވެ. މިގޮތަށް ވިދާޅުވަނީ މޫނު ބުރުގާ އެޅުން ވާޖިބު ކަމަށް ދެކިލައްވާ ޢިލްމުވެރިންނެވެ. އެބޭފޫޅުންގެ ނަޡަރުގައި އަންހެނާގެ މޫނަކީވެސް ޢައުރަ އެކެވެ. ވީމާ، ފިރިހެނަކަށް އެއްވެސް ގޮތަކުން މޫނު ފެނިގެން ނުވާނެއެވެ. ނަމަވެސް، މޫނު ފޮރުވުން ވާޖިބު ނޫން ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ އެއް ދަލީލަކީ ނަމާދުގައި މޫނު ފޮރުވަން ނުޖެހޭ ކަމެވެ. ނަމާދުގައި ފޮރުވަން ނުޖެހޭ ތަނެއް އެހެން ވަގުތެއްގައިވެސް ފޮރުވުން ވާޖިބު ނުވާނެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.