ﷲގެ ހަޟްރަތުން ބިލެއް އައިހެއްޔެވެ؟

ހޮސްޕިޓަލުގައި ބާއްވާފައި އޮތް ހަތްދިހަ ވަރަކަށް އަހަރުގެ މުސްކުޅި ބޭބެއެކެވެ. މިބޭބޭއަށް ކުޑަކަމުނުދެވޭތީ ޑޮކްޓަރު އެންގީ އޮޕަރޭޝަން ކުރަން ޖެހޭނެކަމަށެވެ. ބޭބެ އެއޮޕަރޭޝަން ކުރަން ޤަބޫލްވެއްޖެއެވެ. އަދި އޮޕަރޭޝަންކޮށް ނިމި ބޭބެ ހޭއަރި ވަގުތު ބޭބެއަށް ވަރަށް ތަދު އިސްސާސްކުރެވެން ފަށައިފިއެވެ.

އިރުކޮޅެއްއްނުވެ ޑޮކްޓަރު މިބޭބެއަށް ފަރުވާކުރުމަށް ޚަރަދުވި ބިލް ހިފައިގެން އަތުވެއްޖެއެވެ. ބޭބެ އެބިލަށް ބަލާލާފައި ރޯންފެށިއެވެ. މިތަން ފެނުމުން ޑޮކްޓަރު ބުންޏެވެ. “ތިވަރު އަގުބޮޑިއްޔާ އަހަރެން ބޭބެއަށް ލާރިދެއްކުމަށް އެހެން ގޮތެއް ވިސްނަފާނަން.”

އިޝްތިހާރު Below Header ad

“އަހަރެން މި ރޮނީ މި ބިލްދެއްކޭވަރަށް އަހަރެންގެ އަތުގައި ފައިސާ ނެތީމައެއް ނޫނެވެ. އަހަރެން މި ރޮނީ އަހަރެންގެ އުމުރުން ހަތްދިހަ އަހަރު ވަންދެން އަހަރެނަށް ކުޑަކަމުދެވޭ ގޮތް މެދުވެރި ކުރެއްވި ﷲ އަހަރެންނަކަށް އެއްވެސް ބިލެއް، އަދި އުޖޫރައެއް ދައްކާކަށް ނުޖައްސައެވެ.” އެ މުސްކުޅި ބޭބެ ޖަވާބު ދިނެވެ.

ﷲގެ ދީލަތިވަންތަކަމާއިއެވެ. އަހަރެމެންނަށް ދެއްވާފައިވާ ނިއުމަތް ތަކުގެ ގިނަކަމާއިއެވެ. އަހަރެމެންނަކީ އެކަލާނގެ ދެއްވާފައިވާ ނިޢުމަތް ތަކުގެ އަގުވަޒަންކޮށް ގިނަގިނައިން ޝުކުރު ވެރިވާބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ.

“وَإِنْ تَعُدُّوا نِعْمَتَ اللَّهِ لا تُحْصُوهَا إِنَّ الأِنْسَانَ لَظَلُومٌ كَفَّارٌ” (ابراهيم: 34)

“ތިޔަބައިމީހުން ﷲގެ ނިޢުމަތްއައް ގުނާ އަދަދު ކުރާނަމަ، ތިޔަބައިމީހުންނަކަށް އެނިޢުމަތްތައް ގުނާ އަދަދު ނުކުރެވޭ ހުއްޓެވެ. ހަމަކަށަވަރުން އިންސާނާއީ، އަނިޔާވެރިވުން ބޮޑު، ނިޢުމަތްތަކަށް ކުފުރުވެރިވާ، އުރެދުން ބޮޑު މީހެކެވެ.” (ސޫރަތު އިބްރާހީމް: 34)

 

 

ތަރުޖަމާ: އަޙްމަދު އަސްލަމް

www.dheenee-news.com އިން ނަގައިފައި…

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.