ސްޓެލްކޯގެ އެމްޑީގެ މަގާމަށް މިނިސްޓަ ޒުހޫރު އައްޔަންކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރގެ މަގާމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރު މިއަދު އައްޔަން ކުރައްވައިފި އެވެ.

އަހުމަދު ޒުހޫރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރގެ މަގާމަށް އައްޔަން ކުރީ ކުރިން އެމަގާމުގައި ހުންނެވި އަބްދުއްޝުކޫރު އަބްދުﷲ އެމަގާމުން ވަކިކުރުމަށް ފަހުގައެވެ.

އިޝްތިހާރު Below Header ad

މިކަން ކަށަވަރުކޮށް ދެމުން ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ ސްޓެލްކޯގެ ޗެއާމަންގެ މަގާމުން ޝުކޫރު ވަކި ކުރެއްވުމަށް ފަހު، އެ މަގާމަށް ޒުހޫރު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.

އަދި ޝުކޫރު އެ ނަގާމުން ވަކިކުރުމަށް ފަހުގައި އެހެން މަގާމަކަށް ވެސް އަދި އައްޔަން ކުރައްވާފައި ނުވާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޒުހޫރަކީ މީގެކުރިން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޒުހޫރު އެމަގާމު ފުރުއްވާފައިވަނީ ރައީސް ޔާމީންގެ މި ވެރިކަމުގައެވެ.

ޒުހޫރު ވަނީ ޔާމީންގެ މި ވެރިކަމުގައި ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ވެސް ކުރަށްވަވާފައެވެ. ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޒުހޫރު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.

ޝުކޫރު ވަނީ މީގެ ކުރިންވެސް ސްޓެލްކޯގައި ގިނަ އަހަރުތަކެއް ވަންދެން މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.