ނާރަށް ޖަހާ އިންޖެކްޝަން ގެ ސަބަބުން ރޯދަ އަށް އަޘަރު ކުރާނެބާ؟
އަޅުގަޑުގެ ރަޙްމަތްތެރި އެކެވެ. އޭނާ އަކީ ކެންސަރަށް ފަރުވާ ހޯދަމުން ދާ މީހެކެވެ. އޭނާގެ ބަލި ޙާލަތު ހުރި ގޮތުން ރޯދަ އަށް ހުންނަ ވަގުތުގައިވެސް ނާރަށް ހުންނަނީ އިންޖެކްޝަނެއް ގުޅާފައެވެ. އޭނާގެ ރޯދަ ކަމުދާނެތޯއެވެ؟
الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد
ރޯދަވެރިޔާ ރަމަޟާން މަހު ދުވާލުގެ ވަގުތުގައި އިންޖެކްޝަން ޖެހުމުގައި އޮތީ ދެޙާލަތެކެވެ. އެއީ:
– މި އިންޖެކްޝަނީ އޭގެ ސަބަބުން ގައިގާ ބާރު ޖައްސާ އެއްޗެއް ކަމުގައިވުން. އެގޮތުން މި އިންޖެކްޝަން ޖެހުމުން ކެއުމާއި ބުއިމުން ދުރުހެލި ކުރުވާފަދަ އިންޖެކްޝަނަކަށް ވުން. މިފަދަ އިންޖެކްޝަން ޖަހައިފިނަމަ ރޯދަ ގެއްލޭނެއެވެ.
– ގައިގާ ވަރު ޖައްސާ ވައްތަރުގެ އިންޖެކްޝަނަކަށް ނުވުން. މިފަދަ އިންޖެކްޝަން ޖަހައިގެން ރޯދަ އެއް ނުގެއްލޭނެއެވެ. މިފަދަ އިންޖެކްޝަން ނާރަށް ޖެހިޔަސްވެސް އަދި މަސްގަނޑަށް ޖެހިޔަސްވެސް ފަތާތެއް ނެތެވެ. އެބަހީ ރޯދަ އެއް ނުގެއްލޭނެއެވެ. ނަމަވެސް މިފަދަ އިންޖެކްޝަން ތައް ރޭގަނޑުގެ ވަގުތުގައި ޖެހުން އެއީ އެންމެ މޮޅު ގޮތެވެ. والله أعلم
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު
Namaadhuga furathama aththahiyyathu handhaan nethijjenama hadhaanee kiheneh
Furathama aththahiyyaathu handhaan nethigen nukiyaa thedhuvanikoh handhaan vejje nama vaguthun isheennaany. Thedhuve kiyevun feshumuge kurin handhaan vejje nama isheenun makrooha. Kiyavan feshi fahun handhaan vejje nama isheedhegen nuvaane.
Mi in konme haalatheh gai ves salam dhinumuge kurin kushu sajidha kuran vaane.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޞު ޢަބްދުއްލަޠީފު