އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި ސެމްސަންގް ގެލެކްސީ އެސް 8+ ވިއްކަންފަށައިފި

ސްމާޓް ފޯނަށް ލޯބިކުރައްވާ ބޭފުޅުންނަށް ޚާއްސަކޮށް، ސެމްސަންގް ގެލެކްސީ އެސް 8 އާއި ސެމްސަންގް ގެލެކްސީ އެސް 8+ ބައްލަވައިގަތުމަށް، ވަރަށް ހާއްސަ ޕެކޭޖްތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ. ސެމްސަންގްގެ އެންމެފަހުގެ ސްމާޓްފޯނާއި އެކު، 36 ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާ ދެ ޕެކޭޖް ހިމެނެއެވެ.

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 3 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

އަގު (ރފ.) ހޭންޑްސެޓް
12,499.00 ސެމްސަންގް ގެލެކްސީ އެސް 8
13,499.00 ސެމްސަންގް ގެލެކްސީ އެސް 8+

 

މަހުންމަހަށް ފައިސާދައްކާ ޕްލޭން.

މަހަކު އެންމެ 900 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ. މި ޕްލޭން ޚާއްސަކުރެވިފައިވާ، އެންމެ 2،000 ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ޚިޔާރުކުރައްވާ ކަސްޓަމަރުންނަށެވެ.

މަހުފީ (ރ.) ޑައުންޕޭމަންޓް (ރ.) ހޭންޑްސެޓް
900.00 2,000.00 ސެމްސަންގް ގެލެކްސީ އެސް 8
1,000.00 2,000.00 ސެމްސަންގް ގެލެކްސީ އެސް 8+

 

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން، މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 3 ޖިބީ ޑޭޓާ އހިލޭ ލިބިގެންދާނެއެވެ.

މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު www.ooredoo.mv  މެދުވެރިކޮށް ލިބޭނެއެވެ.

-ޚިޔާލު ފާޅުކުރައްވާ!- "އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި ސެމްސަންގް ގެލެކްސީ އެސް 8+ ވިއްކަންފަށައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*