ޕީސް ފައުންޑޭޝަންގެ ނަމޫނާ މުދައްރިސް ވޯކްޝޮޕް ގާޒީ ސްކޫލްގައި..

ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދާ ނަމޫނާ މުދައްރިސް ވޯކްޝޮޕް ގާޒީ ސްކޫލްގައި ކުރިއަށް ގެންގޮސްފިއެވެ. 2 ދުވަހުގެ މި ވޯކްޝޮޕްގެ ބައެއް ސެޝަންތަށް ނަންގަވައިދެއްވައިފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އެއް ކަމަށްވާ އައްޝައިޚް ނިމާލް މުހައްމަދެވެ. 56 ބައިވެރިންނާއިއެކު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ ބާކީ ހުރި ސެޝަންތަށް ނަންގަވައިދެއްވާނީ އަބްދުލް ލަތީފް މުހައްމަދެވެ.

18057898 1579851972027503 24416417925633967 n

އިޝްތިހާރު Below Header ad

ޕީސް ފައުންޑޭޝަންގެ ޖެެނެރަލް ސެކްރެޓަރީ މުހައްމަދު ސަބާޙް ވިދާޅުވިގޮތުގައި ނަމޫނާ ވޯކްޝަޕް އަކީ ދިވެހިރާއްޖޭގެ ސްކޫލްތަކުގެ މުދައްރިސުންނާއި ، އިސްލާމް މުދައްރިސުން އަދި އިސްވެރިންނަށް ޙާއްސަކޮށްގެން ކުރިއަށް ގެންދާ އިސްލާމައިޒްޑް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ކަމުގައެވެ. މި ވޯކްޝަޕްގައި އިސްލާމްދީނާއި ގުޅުވައިގެން އެކި އެކި މާއްދާތަށް ކިޔަވައިދެވޭނެ ގޮތްތަކާއި މުދައްރިސުން ދަރިވަރުންނަށް ނަމޫނާ އަކަށް ވާނޭ ގޮތާއި އާާންމުކޮށް ކިޔަވައިދިނުމުގައި ކުރިމަރިވާ ގޮންޖެހުންތާކާއި އެކަންތައްތަކާއި މުދައްރިސުން ކުރިމަރިލާނެ ގޮތްތަކުގެ އިތުރުން ވެސް ވަރަށް ގިނަ ޝައުޤުންފުރިގެންވާ ކަންތައްތަކަށް އަލި އަޅުވައިލައިފައިވެއެވެ.

viber imagދފeދދ

 

 

 

 

 

ނަމޫނާ މުދައްރިސް ވޯކްޝޮޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ މި މަހުގެ 15 އަދި 16 ގައި ފުވައްމުލަކުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސްގެ ޑީން އައްޝައިޚް އަލީ ޒާޙިރް ބިން ގާސިމް އަދި އަދި އެމް.އެން.ޔޫ ގެ ލެކްޗަރަރ އެއް ގޮތުގައި މަސައްކަތް ކޮށްފައިވާ މުހައްމަދު  ސުޖާއު ނަންގަވައިދެއްވި މި ސެޝަންތަކުގައިވެސް 34ކަށް ވުރެ ގިނަ މުދައްރިސުން ބައިވެރިވެފައެވެއެވެ.

17861521 1570313349648032 1738230450461661357 n17904046 1571689826177051 1343203815152648333 n

2017 ވަނަ އަހަރު ދިވެހިރާއްޖޭގެ 4 ސަރަހައްދެއްގައިި ބޭއްވުމަށް ރާވައިފައިވާ ނަމުނާ ވޯކްޝޮޕްގެ މެއިން ސްޕޮންސަރ އަކީ ތިލަފުށި ކޯޕަރޭޝަން އެވެ. އަދި ޓްރެވެލް ޕާރޓްނަރަކީ ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން – މޯލްޑިވިއަން އެވެ. މި ވޯކްޝޮޕް މި އަހަރު ކުރިއަށް ގެންދިޔުމަށް ޕީސް ފައިންޑޭޝަނުން ހަމަޖައްސައިފައިވަނީ މާލެ ސަރަހައްދާއި ، ނ އަތޮޅު ، ޏ ފުވައްމުލަށް އަދި އައްޑޫގައެވެ.

މކކޖ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.