މާރިޗު މަހު ވެސް މީރާއަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި

ހުުސްވި މާރިޗު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.32 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

މިއީ، މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާ ބަލާއިރު 19.2 އިންސައްތަ އިތުރު ޢަދަދެކެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީ، އެއަރޕޯޓް ސަރވިސް ޗާޖް، ލޭންޑް އެކުއިޒިޝަން ފީ އަދި ފަހަކަށް އައިސް ނަގަންފެށި ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވާ ޢަދަދު މިދިޔަ އަހަރުގެ މާރިޗު މަހަށްވުރެ އިތުރުވުމެވެ.

އިޝްތިހާރު Below Header ad

މާރިޗު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %50.4 ނުވަތަ 665.9 މިލިއަން ރުފިޔާ އެވެ. މާރިޗު މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (275.1 މިލިއަން ނުވަތަ %20.8) އިންނެވެ. މީގެ އިތުރުން، އެއަރޕޯޓް ސަރވިސް ޗާރޖް (73.3 މިލިއަން ރުފިޔާ ނުވަތަ %5.5)، ގްރީން ޓެކްސް (70.4 މިލިއަން ރުފިޔާ ނުވަތަ %5.3)، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ (65.6 މިލިއަން ރުފިޔާ ނުވަތަ %5.0) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަ ކުރެވެއެވެ.

މާރިޗު 2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 62.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.