ޙަޤީޤީ ވާހަކަ

މިއީ ޙަޤީޤީ ވާހަކައިގެ ބޭނުންކޮށްފައިވާނީ އަސްލު ނަންތަކެއް ނޫނެވެ.

އަހަރެންނަކީ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ވަރަށް ސާދާ ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާން އަންހެން ކުއްޖެކެވެ.  2008 ވަނަ އަހަރު އަހަރެންގެ މައިން ބަފައިންގެ އެދުމުގެ މަތިން އިތުރަށް ކިޔަވަން އަހަރެން މާލެ އައީމެވެ. މިގޮތުން އަހަރެން ކޯހަށް ދިޔަ ދުވަސްވަރު އަހަރެން ނަސީމް (އަސްލުނަމެއް ނޫން) ރައްޓެހިވީމެވެ.

އިޝްތިހާރު Below Header ad

އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅުނުއިރު އުޅުނީ ވަރަށް ލޯބިންނެވެ. އޭނަ އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށާއި ދުވަހަކުވެސް އޭނަ އަހަރެން ދޫކޮށްލާފަ ނުދާނެކަމަށް ބުނެ އެތައް ވައުދުތަކަކާއި ހުވާތަކެއް ކުރަމުންދިޔައެވެ. ބައެއް ދުވަސްދުވަހު އަހަރެން ގޮވައިގެން ކޮލެޖަށްލައިދޭން ނަސީމް އާދެއެވެ.

އަހަރެން އުޅޭ ކުލާހުގައި ގިނައިން އުޅެނީ އަންހެން ކުދިންކަމުން އެއްކުއްޖަކު އަނެއްކުއްޖަކާ ހީ ސަމާސާކޮށްވެސް ހަދައެވެ. މިގޮތުން އަހަރެންނާއި އެންމެ ގާތްކޮށް އުޅުނު ނައުމާ (އަސްލުނަމެއްނޫން) ކައިރީ ނައުމާގެ ބޯއި ފުރެންޑެއް ހުރޭތޯ އަހަރެން ސުވާލުކުރީމެވެ. ނަޢުމާ ވަގުތުން ބޯ ހޫރުވާލިއެވެ.

އަދި ނުހުރެއޭ ބުންޏެވެ. އެވަގުތު ނައުމާ އަހަރެންގެ ކައިރީ ބޯއިފުރެންޑް ހުރޭތޯ އެހިއެވެ. އަހަރެން ވަގުތުން ފޯނު ނަގާ ނަސީމްގެ ފޮޓޯ ދައްކާލީމެވެ. ފޮޓޯ ފެނުމާއިއެކު ނައުމާގެ މޫނުމައްޗަށް އެރި ކުލަވަރުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އަހަރެން އެހުމުން ނައުމާބުނީ ނަސީމަކީ އޭނަގެވެސް ކުރީގެ ބޯއި ފުރެންޑްކަމަށެވެ.

އަދި ރުޅިވާން ޖެހުނީ ނަސީމް ނައުމާ ބްލެކްމެއިލް ކުރީމަކަމަށް ބުންޏެވެ. އަދި ނަސީމް އަކީ ވަރަށް ބިޓިންގ މީހެއްކަމަށް ނައުމާ ބުންޏެވެ. މިހާރުވެސް ދެ ކުދިންނާއި ރައްޓެހިވެގެން އުޅޭކަމަށްވެސް އޭނަ ބުންޏެވެ. އަދި ނައުމާގެ ފޯނު ނަގާ ނަސީމް އެހެން އަންހެންކުދިންނާއި ގައިގޯޅިކޮށް އުޅޭ މަންޒަރުތައް ދައްކަމުން ދިޔައެވެ. އަހަރެން ވަގުތުން ނަސީމް މަތިން ފޫހިވިއެވެ. އަދި ނަސީމް އަށް ނުގުޅާ ކުލާސް ނިންމާފަ ގެއަށް ދިޔައީމެވެ.

އަހަރެން ނަސީމްއަށް އެރޭ ނުގުޅާތީ ނަސީމް އަހަރެންނަށް ގުޅަން ފެށިއެވެ. މިގޮތަށް ދެތިން ފަހަރަކު ގުޅުމުން އަހަރެން ފޯނު ނަގާ އަހަރެން އުޅެން ބޭނުން ނޫންކަމަށާއި، ތިކަހަލަ ދޮގުވެރިއަކާ ރައްޓެހިވެގެން ނޫޅޭނެކަމަށް ބުނީމެވެ. އަދި ނަސީމް އަކީ މިހާރުވެސް އެހެން ބިޓެއް ނަގައިގެން އުޅޭމީހެއްކަމަށް ބުނެ ފޯނު ކަނޑާލީމެވެ.

ވަގުތުން ނަސީމްގެ މެސެޖްތައް އަހަރެންގެ ފޯނަށް އަންނަންފެށިއެވެ. އަދި އޭނަ ބުނަމުންދިއީ އޭނަޔާއި އަހަރެން ރުޅިވެއްޖެނަމަ އަހަރެންގެ ހުރިހާ ފޮޓޯތަކެއް ލީކުކޮށްލާނެކަމަށެވެ. ނަމަވެސް އޭރަކު ނަސީބް އެފަދަކަމެއް ކޮށްފާނެކަމަކަށް އަހަރެންގެ ޒަމީރު ޤަބޫލެއް ނުކުރިއެވެ.  މިގޮތަށް ހަފްތާއެއް ދިޔަފަހުން ނަސީމް އަހަރެންގެ ފޭސްބްކް އައިޑީއަށް މަންޒަރާއި ނުގުޅޭ ފޮޓޯ ތައް ލާން ފެށުމުން އަހަރެން ވަރަށް ބިރުގަތެވެ.

އަދި އެފޮޓޯތައް ލީކް ނުކޮށްލުމަށް އަހަރެން އެދުނީމެވެ. މިކަން ނުކުރުމަށް އެދުމުން ނަސީމް އަހަރެންގެ ގާތު ކަމަކަށް އެދުނެވެ.  އެއީ މިއަދު އަހަރެން ލަދު ގަންނަ ކަހަލަ ހުތުރު ކަމެއްގެ ވާހަކައެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮއާއި ގައިގޯޅިވެ ފޮޓޯނަގާފައި އޭނަޔަށް ފޮނުވައި ދިނުމަށެވެ.

މިކަން ކުރުމަށް ކިތަންމެ ލަދުގަތް ނަމަވެސް އަހަރެންގެ ފޮޓޯތައް ނަސީމް ލީކްކޮށްލާ އަހަރެން ބޭޒާރުވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.  އެހެންވެ އަހަރެން ނަސީމް އެދުނު ކަންތައް ކުރީމެވެ. އަދި އެފޮޓޯތައް ނަގާ ސީޑީއަކަށް އެޅުމަށްފަހު ނަސީމްއަތަށް ދިނީމެވެ. އޭގެފަހުން އަހަރެންގެ އެފްބީއަކަށް މިކަހަލަ ފޮޓޯތަކެއް ނަސީމް ނުލައެވެ.

އެކަމަކު ދެންވީ އެއަށްވުރެ ދެރަގޮތެކެވެ. މިވާހަކަ ދައްކަންވެސް މިއަދު އަހަރެން ލަދުގަނެއެވެ. އޭނަ އަހަރެން ފޮނުވި ފޮޓޯސީޑީ ހިފައިގެންގޮސް އަހަރެންގެ މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ. އަދި އަހަރެން އިތުރަށް ބޭޒާރުކުރަން މަސައްކަތްކުރަންފެށިއެވެ. މިމައްސަލައާއި ގުޅިގެން އަހަރެން ފުލުސް އޮފީހަށް ހާޞިރުކޮށް ސުވާލުކުރުމުން ކަންވީގޮތް އަހަރެން ފުލުހުންނަށް ކިޔައިދިނީމެވެ. އަދި ނަސީމް ކަންތައް ކުރިގޮތް ވަރަށް ތަފްޞީލްކޮށްދިނީމެވެ.

އެހެންކަމުން އަހަރެން މިއަދު ތިޔަ ކިޔުންތެރިނަށް ދޭން ބޭނުންވާ މެސެޖަކީ ގޮތް ނޭގޭ މީހުންނާއި ރައްޓެހިވުމުގެ ކުރިން އެއީ ކާކުތޯ ބަލާލަންޖެހެއެވެ. އަހަރެންނަށް ލިބުނުފަދަ ލަޑެއް ތިޔައިން އެއްވެސް އަންހެން ކުއްޖަކަށް މިއަދު ލިބޭކަށް އަހަރެން ބޭނުމެއް ނުވެއެވެ. އަހަރެންގެ ހިތަށް މިއަދު އަރައެވެ. އަހަރެންގެ ލޯބިވެރިޔާ އަހަރެން ބްލެކް މެއިލްކުރީ ކީއްވެބާއެވެ.

ނިމުނީ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ކީއްވެތަ ގަޅިވީ.. ގަޅި މީހުން ކުރާ ގަޅި ކަންތަކުގެ ވާހަކަ ދެއްކީމަ ލިޔުނު މީހާވެސް ތި ގަޅި ކުރީ.. ހެހެ.. މިއީ ހަމަ ރިއަލް ސްޓޯރީއެއް… މަދީހް އަނެއްކާ މި ކަހަލަ ގަޅި ކަމެއް ކުރީ ނޫންބާ!

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.