އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލް ޕްރޮމޯގެެ ނަމުގައި ޕްރޮމޯޝަންއެއް ފަށައިފި

އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލް ޕްރޮމޯގެ ނަމުގައި މިއަދު ޕްރޮމޯޝަންއެއް ފަށައިފިއެވެ.

އޭޕްރީލް މަހުގެ 01 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 01 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ހޯލްސޭލް ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން އެވެ.

އިޝްތިހާރު Below Header ad

މި ޕްރޮމޯޝަން ޙާއްސަކުރެވިފައިވަނީ  އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް ކުރާ 36 ބްރޭންޑަށެވެ. މި ބްރޭންޑްތަކުގެ ތެރޭގައި ޔޫރަޕުގެ 9 ބްރޭންޑް، އޭޝިޔާގެ 19 ބްރޭންޑް، މެދުއިރުމަތީގެ 5 ބްރޭންޑް އަދި އެފްރިކާގެ 3 ބްރޭންޑް ހިމެނެއެވެ. މިދެންނެވި ބްރޭންޑްތަކުގެ އުފެއްދުންތަކުގެ ތެރޭގައި އާއްމުންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދޭ ކައްކާ ތެޔޮ، ސަންފްލާވާ ތެޔޮ، ބާސްމަތީ ހަނޑޫ، ގެރިކިރު، ތަފާތު ވަައްތަރުގެ ޖޫސް، ހިކި ކިރު، ޕާސްތާ، ސުޕެގެޓީ، ރައިބީނާ، ކޮފީ، ސައިފަތް ހިމެނެއެވެ.

މިޕްރޮމޯޝަން ކުރިއަށްދާއިރު -/1000 ރުފިޔާއިން މަތިން ވިޔަފާރިކުރައްވާ ކޮންމެ ބޭފުޅަކަށްވެސް ކޫޕަނެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމުގެ ގޮތުގައި ދުބާއީ ދަތުރެއް ލިބިގެންދާއިރު ދެވަނަ އިނާމެއްގެ ގޮތުގައި ތައިލެންޑް ދަތުރެއް، އަދި ތިންވަނަ އިނާމެއްގެ ގޮތުގައި އިންޑޮނޭޝިއާއަށް ދަތުރެއް ލިބިގެންދާނެއެވެ.

މިހުރިހާ ދަތުރުތަކެއްވެސް ހަމަޖައްސައިފައިވަނީ 5 ދުވަހުގެ ހުރުމާއި އަދި ޕޮކެޓް މަނީއާވެސް އެކުގައެވެ. އަދި މީގެއިތުރުން ނަސީބުވެރި 10 ބޭފުޅަކަށް/- 5000 ރުފިޔާގެ ވައުޗަރވެސް މި ޕްރޮމޯޝަންގެ ތެރެއިން ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.