“ދިވެއްސަކަށް ވީތީ ފަކުރުގަތް ރެއެކެވެ.”

“އަޅުގަނޑާއި ރައްޓެހި ބަންގުލާދޭޝްގެ އަޚަކާއި ދެމީހުން އެއްރެއެއްގައި އޮލިމްޕަސް ހުރަސްކޮށް ދިޔައީމެވެ. އެހެން ދަނިކޮށް އަޅުގަނޑުމެންނަށް ފެނުނީ ނުހަނު ބިޔަ ޕޯސްޓަރެއްގައި މާސިންގާކޮށް ހިލޭ އަންހެނަކާއި ފިރިހެނަކު މައްސުނިވެ ތިއްބާ ނަގާފައި ހުރި ފޮޓޯއެކެވެ.

ވަގުތުން އަޅުގަނޑުގެ ބަންގްލާދޭޝްގެ އަޚު އަޅުގަނޑުގެ ގައިގައި ކޮއްޓާލައިފައި މިއީކޮންކަމެއްހޭ ބަލަގަ %100 އިސްލާމް ޤައުމެކޭ ކިޔާ އުޅޭ އިރު ލަދުކޮބައިހޭ ކިޔާ ރަނގަޅަށް ދިމާކޮށްލާފިއެވެ. އެ ޕޯސްޓަރަކީ އަޅުގަނޑު ހެދި އެއްޗެއް ނޫނެއްކަމަކު ރައްދުގައި ހަމަ އެކައްޗެއް ނުބުނެވުނެވެ. ދިވެހީންގެ ޙާލަތު ހިތަށް އަރާ އިސްދަށަށް ޖަހާލެވުނީ ފެންކަޅިވެ ހުރެއެވެ.

އިޝްތިހާރު Below Header ad

އަދި އެއާއެކު އެފަދަ ފާޙިޝް ފޮޓޯ އެފަދަ ބޮޑުމިނެއްގައި ޢާއްމުންނަށް ފެންނަހެން ބަހައްޓާފައި ހުރުމުން ޣީރަތްތެރިވެ އެއާއިއެކު ފަކުރުވެސް ގަތެވެ. މިރޭ އަހަރެން ދިވެއްސަކަށް ވީތީ ގަތީ ހަމަފަކުރެވެ.”

މިއީ ރައްޓެއްސަކަށް ވަރަށް ފަހުން ދިމާވި ހާދިސާއެކެވެ. ހަމައެކަނި ދިވެއްސަކަށް ވީތީ ފަޚުރުވެރިވާށޭ ކިޔައި ޅަ ސިކުނޑި ތަކަށް އަޅައިދިނަސް ވާނޭ ހަމަ އެއްކަމެއްވެސް ނޯންނާނެއެވެ. ޤައުމުގެ އިޖްތިމާޢީ ފޭރާން ބާވެ ވީރާނާ ވަމުން ދާއިރު ކޮންމެ ފަރުދަކުވެސް މިކަންކަމާ ވިސްނަން އެބަޖެހެއެވެ. އަދި ޚާއްސަކޮށް ކަމާބެހޭ ފަރާތްތަކެވެ. ޕޯޑިއަމް މައްޗަށް އަރާ ކޮންމެ ފަހަރަކު ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކޭ ކިޔަސް އެކަން އަމަލުން ނުދެއްކޭނަމަ އެއީ ކިހިނެތް ވާނޭ ކަމެއްހެއްޔެވެ؟

މިއަދު ފެނިގެން މިދަނީ މިއުޒިކް ޝޯތަކާއި މިފަދަ ދެޖިންސް މައްސުނިވެ ހިންގާ ހަރަކާތްތަށް “ފޭމަސް” ވެގެންދާ ތަނެވެ. އަދި ދައުލަތުގެ މީޑިއާ ތަކުންނާއި މުއައްސަސާތަކުން މިފަދަ ކަންތައްތަކަށް ފަންޑުކޮށް ޕްރޮމޯޓް ކުރަމުންގެންދާ މަންޒަރެވެ. މިއީ ހަމަޔަޤީނުންވެސް ރަނގަޅު ގޮތް ހެއްޔެވެ؟

މިފަދަ ކަންތައް ކުރާ ނަމަ އެހެން ނަމެއްގައި ކުރާށެވެ. ކޮންމެހެން “އިސްލާމީ” އޭ ކިޔައި އިސްލާމްދީނުގެ އަގު ވައްޓައިނުލާށެވެ. އިސްލާމްދީނުގައި ކަމެއް ހަރާމް ކުރައްވަނީ ނުވަތަ ކަމަކުން ދުރުވުމަށް އަންގަވައިފައިވަނީ އޭގައި ހިކުމަތްތަކެއް ވާތީއެވެ. އެއީ ހަމައެކަނި ވިސްނާ ބަޔަކަށް “ގެޓު” ވާނޭ ހިކުމަތް ތަކެކެވެ. ތިބާވެސް ވިސްނާ “ގެޓު” ވާން ނުވޭ ހެއްޔެވެ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.