އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން “ރަމަޟާން ބާޒާރު” ޕްރޮމޯޝަންް ފަށައިފި

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓާއި ރީޖަނަލް ފިހާރަތަކުގައި ރޯދަމަހަށް ހާއްސަކޮއްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ރަމަޟާން ބާޒާރު” ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 26 މާރޗް އިން 08 ޖޫން 2017 ގެ ނިއަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ރީޖަނަލް ފީހާރަތަކުގައެވެ.

އިޝްތިހާރު Below Header ad

މިޕްރޮމޯޝަންގައި -/1000 ރުފިޔާއިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ގުރުއަތުން ދިމާވާ ފަރާތްތަކަށް ކޮންމެ ހަފްތާއަކު އިނާމު ތަކެއް ލިބިގެން ދާނެއެވެ. އޭގެތެރޭގައި ފިލިޕްސް ޓީވީ، ހިޓާޗީ ޝަވަރ ހީޓާ، ފިލިޕްސް ހެއަރ ކާރލާ، މަކިޓާ ޕެޓްރޯލް ކީސް އަދިވެސ ވަރަށް އަގުހުރި އިނާމްތައް ހިމެނެއެވެ.

އަދި ޕްރޮމޯޝަން ނިމުމުން ނެގޭ ގްރޭންޑް ލަކީޑްރޯގައި ވަރަށް އަގުހުރި ބޮޑެތި އިނާމްތަކެއް ލިބިގެންދާނެއެވެ. މިގޮތުން ދިނުމަށް ހަމަޖެހިފައިވާ އިނާމު ތަކުގެތެރޭގައި ސަންލޭންޑް ޖާރނީގެ ފަރާތުން ހުށަހަޅާފައިވާ 2 މީހަކަށް ބެންކޮކް ދެކޮޅު ޓިކެޓް، މޯލްޑިވިއަންގެ ފަރާތުން ހުށަހަޅާފައިވާ ޗެންނާއީ ދެކޮޅު ޓިކެޓް، އަދާރަން ހުދުރަން ފުށި ރިސޯޓް އަށް ދެރޭގެ ހުރުން އަދި ސަންފްރަންޓް ލިވިންގ ގެ ފަރާތުން ހުށަހަޅާފައިވާ ގާރލެންޑޯ މޭޒެއް ހިމެނެއެވެ.

މީގެ އިތުރުން ހިޓާޗީ ފްރިޖް، މެޝިން، އޭސީ، އެއަރ ފްރަޔަރ، ޕްރޮޖެކްޓަރ އަދި އިތުރު އިނާމްތައ ހިމެނެއެވެ. އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮމޯޝަން ތެރޭގައި -/300،000 ރުފިޔާއަށްވުރެ ގިނަ އަގުރުހި އިނާމްތައް ހިމެނެއެވެ.

މިއަހަރުގެ ރަމަޟާން ބާޒަރަށް ހާއްސަކޮށްގެން ފިލިޕްސް، ހިޓާޗީ އަދި ސެންފޯރޑް ގެ ބަދިގެ ސާމާނުތައް އަދި ނިޕޯން ޕެއިންޓް ހެޔޮއަގެއްގައި ލިބެންހުނާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.