ލ.ފޮނަދޫ ގައި ކަރަންޓުގެ މައްސަލަ ބޮޑުވެ، ރައްޔިތުންގެ ހިއްތަކަށް ނުތަނަސްކަން ވެރިވެފަ.

ލ.ފޮނަދޫ ރައްޔިތުންގެ މިހާރު އެންމެ ބޮޑު ކަންބޮޑުވާ އެއް މައްސަލަ އަކީ މިހާރު އެރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައެވެ. މި މައްސަލައަކީ ވަގުތުން ވަގުތަށްވެސް ހައްލުކުރަން ޖެހިފައިވާ ބޮޑުމައްސަލައެކެވެ.

ފޮނަދޫ ރައްޔިތުން އެންމެ ބޮޑަށް މިވަގުތު ބޭނުންވެފައިވާ އެއްކަމަކީ ކަރަންޓުގެ މައްސަލަ އަށް އަވަސް ހައްލެއް ލިބުމެވެ.

އިޝްތިހާރު Below Header ad

ޝައްކެއްވެސް ނެއްގޮތުގައި މި ތަރައްޤީ ޒަމާނުގައި ކަރަންޓަކީ ދިރުއުޅުމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އެއާނުލާ ނޫޅެވޭނެ ދިރިއުޅުމުގެ އެއްބައެވެ.

މިހެން މިކަން އޮތްއިރު ފޮނަދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ބޭނުންވާ މިންވަރަށް ލިބެމުން ނުދިއުމަކީ އެކަމުގެ ސަބަބުން އެތަކެއް ދަތިތަކަކާއި އެތަކެއް މައްސަލައެއް ކުރިމަތިވެފައިވާ ކަމެކެވެ.

ކަންބޮޑުވުންތަކާއި ހާސްކަމުގެ ތެރޭ އުޅެމުންގެންދާ ފޮނަދޫރައްޔިތުން ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް އާދޭސް ދައްނަވަމުންގެންދާއިރު އެކަން އަޑުއަހާ އެކަމަށް ހައްލެއް ހޯދައިދޭނެ ހަމަ އެއްވެސް ފަރާތެއް އަދި ނުފެނެއެވެ.

މީ މިއަދަކު އިއްޔެއަކު ދިމާވެގެން އުޅޭކަމެއް ނޫނެވެ.މި ހާލުގައި ފޮނަދޫ ރައްޔިތުން ދުވަސްތަށް ހޭދަކުރާތާ އެތަކެއް ޒަމާންތަކެއް މިވަނީ ވޭތުވެފައެވެ.

ދުވާލަކު މަދުވެގެން އެއްފަހަރު ކަހަލަ ގޮތަކަށް ކަރަންޓު ކަނޑައިގެން ދާއިރު

މިކަމާގުޅިގެން ފޮނަދޫ އިންޖީނުގޭގެ ބަހެއް ހޯދާލުމަށް ގުޅާލުމުން އެފަރާތުން ބުނީ ކަރަންޓު ކެނޑޭ މައްސަލަ އެފަރާތުގެ ހެޑް އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާނޭކަމަށެވެ.

އަދި އެކަން ތަކުރާރުކޮށް އަންގަމުން ދާކަމަށާއި، އިންޖީތނުތައް މިހާރު ހުރި ކޮންޑިޝަނާއި ރައްޔިތުން ކަރަންޓު ބޭނުން ކުރާ މިންވަރާ ބަލާއިރު، އިތުރު ހައްލެއް ނުހޯދިއްޖެ ނަމަ މިހާރު މިކެނޑޭގޮތަށް ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުން ދާނެކަމަށެވެ.

އަދި މިވަގުތުވެސް މިކަމަށް ހައްލެއް އަންނާނީ މިހާރު ބޭނުންކުރަމުންދާ އިންޖީނުތައް އޯވަރހޯލް ކުރެވިގެން އަދި މިހާރަށް ވުރެވެސް ޕަފުލް ޓްރާންސްފޯމަރ އަދި ޕެނަލް ބޯޑެއް ހުރެގެން ނޫނީ މިކަމަށް ހައްލެއް އަންނާނެ ކަމަށް ގަބޫލުނުކުރާކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ކަރަންޓު ދައްވެ ދޭތެރެ ދޭތެރެއިން ފޮނަދޫން ކަރަންޓު ކެނޑެމުންދާތީ، ގިނައަދެއްގެ އިލެކްޓްރޯނިކްސް ސާމާނު ހަލާކުވަމުންދާކަމުގެ ޝަކުވާވެސް މިހާރު ދަނީ ލިބެމުންނެވެ. އެގޮތުން އެޓޯލް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވެސް ފޮނަދޫ ކަރަންޓުގެ މައްސަލަ ދިމާވަމުންދާތީ ގޭގައި ހުންނަ ބައެއް ކަރަންޓުން ބޭނުންކުރާ އާލާތްތަށް ވަނީ ހަލާކުވެފައެވެ.

އެގޮތުން ބައެއް ގޭގޭގެ ކޮމްޕިއުޓަރ ސިސްޓަމާއި ބައެއް ޓީވީ މިހާތަނަށް ހަލާކުވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މިފަދަ ތަކެތި ހަލާކުވަމުންދާކަމުގެ ޝަކުވާ އިންޖީނުގެއަށްވެސް ލިބެމުން އަންނަކަމަށް އެފަރާތުންވެސް ވަނީ ބުނެފައެވެ.

ކަން މިހެން ހުރިއިރު މިކަމަށް އަވަސް ހައްލެއް ހޯދުން ނޫންގޮތެއް ނެތެވެ. ތަކެތި އިންތިހާއަށް އަގުބޮޑު ވެފައިވާ ޒަމާނެއްގައި މިގޮތަށް ގޭގައި ގެންގުޅޭ އަގު ބޮޑަތި ތަކެތި ހަލާކުވުމަކީ ފޫބެއްދޭ ވަރުގެ ކަމަކަށް ނުވާނެކަން ޔަގީނެވެ.

ފޮނަދޫ އަށް ދިމާވަމުންއަންނަ ކަރަންތޫގެ މައްސަލައާއި ބެހޭގޮތުން ވާހަކަދައްކަމުން އެރަށު މީހަކު ކިޔާދިން ގޮތުގައި މިހާރަކަށް އައިސް ފަންކާ، ހޮޅިބުރި، ފެންމޯޓަރ، އައިސަލަމާރި ފަދަ ތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ނުހިފެއެވެ.

ކަރަންޓު ދައްކަމުން ފަންކާ ބުރުވެސް ޖަހާނުލާއިރު އޭސީ ހަރުކޮސްފައިވާ ގޭގޭގެ އޭސީންވެސް އެއްވެސް ވަރަކަށް ފިނިކޮޅެއްވެސް ނުވާކަމަށާއި އަދި ގިނަ ގޭގޭގެ ފެންމޯޓަރުތައްވެސް މިހާރުވަނީ ހަލާކުވެފައިކަމަށް ވެސް އޭނާ ބުންޏެވެ.

“ ނޭންގެ މިވާގޮތެއް. މިހާރު އުޅެންވެސް ދަތިވެއްޖެ. މިހާ ހޫނުގަދަ ދުވަސްކޮޅެއްގައި ފަންކާއާއި އޭސީ ބޭނުން ނުކޮށް ކިހިނެއްތޯ އުޅޭނީ. އެހެން ނަމަވެސް ކަރަންޓު ދައްކަމުން ފަންކާއެއް އޭސީއެއް ބޭނުމެއް ނުކުރެވޭ. މިކަމަށް އަވަސް ހައްލެއް ބޭނުން. އެޓޯ،ް ނިއުސްއާ ވާހަކަދެއްކި އެރަށު މީހަކު ކިޔައިދިނެވެ.

ފޮނަދޫގައި ތިން އަވަށެއް އޮންނައިރު އޭގެ ތެރެއިން އެންމެ ބޮޑަށް ކަރަންތޫގެ މައްސަލަ ކުރިމަތިވެފައިވަނީ ފޮނަދޫ މެދުއަވަށާއި ކުރިގަމު އަވަށަށެވެ.

ކަން މިހެން ހުރުމާއި އެކު  މިފަދަ ވަސީލަތްތަށް ހެޔޮގޮތުގައި ފޯރުކޮށްދިނުކަމީ ކަމާބެހޭފަރާތްތަކުގެ ބޮޑު ޒިންމާއެއް ކަމުގައި ދެކޭކަމަށްވެސް އެރަށުގެ ރައްޔިތުންދެކޭކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން  އިންސާނުންނަށް ބޭނުންވާ މިފަދަ އަސާސީ ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި ކަމާބެހޭ ފަރާތް މިހާރަށްވުރެ ބިޑަށް ޒިންމާދާރުވާން ނުވޭތޯތޯއެވެ؟.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.