އޭސިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީޓީމުގެ ޕްރިލިމިނަރީ ސްކޮޑް އިއުލާންކޮށްފި

މި މަހުގެ 28 ވަނަ ދުވަހު ފަށާ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑް އިއުލާންކޮށްފި އެވެ.

މި ސްކޮޑުގައި މުޅިން އާ 6 ކުޅުންތެރިއަކުވެސް ވަނީ ހިމަނާފައެވެ.

އިޝްތިހާރު Below Header ad

މި ފަހަރުގެ ސްކޮޑުގައި އެންމެ ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ނުވަ ކުޅުންތެރިން ހިމެނޭއިރު ނިއު ރޭޑިއަންޓާއި ޓީސީން ހަތަރު ކުޅުންތެރިން، ވެލެންސިއާ އަދި އީގަލްސް އިން ތިން ކުޅުންތެރިން ހިމެނެ އެވެ. ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް އިން ހިމެނެނީ ދެ ކުޅުންތެރިންނެވެ.

ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އިމްރާން މުހައްމަދު ރިޓަޔާކޮށްފައިވާއިރު ކީޕަރުންގެ ގޮތުގައި ލިސްޓުގައި ހިމަނާފައިވަނީ ވެލެންސިއާގެ މުހައްމަދު ފައިސަލާއި ވިކްޓަރީގެ މުހައްމަދު އިމްރާނެވެ.

ކެޕްޓަން އަލީ އަޝްފާގް އާއި އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ނަޝީދު އާއި އަހުމަދު ރިޒްވާން އަށް މިފަހަރު ނެގި ސްކޮޑުން ފުރުސަތު ލިބިފައި ނުވާއިރު މި ކުޅުންތެރިންނަށް ފުރުސަތު ނުލިބިވަނީ އަނިޔާގެ ސަބަބުންނެވެ.

މިހާރު ރާއްޖޭގެ ގައުމީ ޓީމާއި ހަވާލުވެ ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް އެކުލަވާލި ސްކޮޑުން ފުރުސަތު ލިބުނު މުޅިން އާ ކުޅުންތެރިންގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި މުހައްމަދު އައްޒާމާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އީގަލްސްގެ ރިހާމް އަބްދުލްގަނީ (ބޮޮބީ) އާއި ގްރީން ސްޓްރީޓްސްގެ އަހުމަދު ނިޒާމް އަދި މުހައްމަދު ސާއިފެވެ.

ގައުމީ ސްކޮޑް

ގޯލްކީޕަރުން: މުހައްމަދު އިމްރާން (ވިކްޓަރީ)، މުހައްމަދު ފައިސަލް (ވެލެންސިއާ)

ޑިފެންޑަރުން: އަމްދާން އަލީ (މާޒިޔާ)، ގާސިމް ސައްމާމް (މާޒިޔާ)، ސަމޫހު އަލީ (މާޒިޔާ)، މުހައްމަދު ރަޝީދު – ހޮކޭ (ނިއު)، އަހުމަދު އަބްދުﷲ – ލިލީ (ނިއު)، މުހައްމަދު ސާއިފް (ގްރީން ސްޓްރީޓްސް)، ހިސާމް ސަލީމް (ވެލެންސިއާ)، މުހައްމަދު އައްޒާމް (ޓީސީ)، ޝާފިއު އަހުމަދު (ވެލެންސިއާ).

މިޑްފީލްޑަރުން: އަސްހަދު އަލީ – އަޑުބަރޭ (މާޒިޔާ)، މުހައްމަދު އުމެއިރު (މާޒިޔާ)، ޔަސްފާދު ހަބީބް – މުލަކޭ (މާޒިޔާ)، އިމްރާން ނަޝީދު (އީގަލްސް)، ރިހާމް އަބްދުލް ގަނީ (އީގަލްސް)، އަހުމަދު ޒާދު (އީގަލްސް)، އަހުމަދު ނިޒާމް (ގްރީން ސްޓްރީޓްސް)، އިބްރާހިމް ވަހީދު ހަސަން (ޓީސީ)، އިސްމާއިލް އީސާ – ވިކްޓަރީ.

ފޯވާޑުން: އަސަދުﷲ އަބްދުﷲ (މާޒިޔާ)، އަހުމަދު އިމާޒް – އާއްކޮ (މާޒިޔާ)، ނާއިޒް ހަސަން – ދާދު (ޓީސީ)، ހުސެއިން ނިޔާޒް މުހައްމަދު – ބޮކުރީ (މާޒިޔާ)، އިބްރާހިމް މަހުދީ – ޓީސީ، އަލީ ފާސިރު – ސެންޓޭ (ނިއު)، ހަމްޒާ މުހައްމަދު – ހަމްޕު (ނިއު).

އޭސިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނިފައިވަނީ ގުރޫޕް ޑީ ގައެވެ. މި ގުރޫޕުގައި ރާއްޖޭގެ އިތުރުން ހިމެނެނީ އޮމާން އާއި ބޫޓާން އަދި ފަލްސްތީނެވެ.

ރާއްޖެ ފަލަސްތީން މެޗު މިމަހުގެ 28 ގައި ރާއްޖޭގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ ދެވަނަ މެޗު އޮންނާނީ ނޮވެމްބަރ 14 ވަނަ ދުވަހު ފަލަސްތީނުގައެވެ.

ރާއްޖެ ކުޅޭ ކޮލިފައިން ދެވަނަ މެޗު އޮންނާނީ ޖޫން 13 ގައި ބޫޓާންއާ ދެކޮޅަށް ބޫޓާންގައެވެ.

ރާއްޖެ އޮމާންއާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ސެޕްޓެމަބަރ މަހުގެ 5 ވަނަ ދުވަހު އޮމާންގައެވެ.

އަދި އޮމާންއާ ދެކޮޅަށް ރާއްޖެ ކުޅޭ ދެވަނަ މެޗު އޮންނާނީ އޮކްޓޫބަރ 10 ވަނަ ދުވަހު ރާއްޖޭގައެވެ.

ރާއްޖެ ކުޅޭ ކޮލިފައިން އެންމެ ފަހު މެޗު އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.