ކުއާޓާގައި ބާސެލޯނާއާ ޔުވެންޓަސްއާ ދެކޮޅަށް ، ރެއާލް މެޑްރިޑު ބަޔާންއާއި ދެކޮޅަށް.

ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ އާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ވާދަކުރަން ޖެހުނުއިރު ވާދަވެރި ރެއާލް މެޑްރިޑު ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާ ބައްދަލުކުރަން ޖެހިއްޖެއެވެ.

960

އިޝްތިހާރު Below Header ad

ސްޕެއިންގެ ވަރުގަދަ ދެބާރުގެ ގޮތުގައި ފާހަގަވެފައި އޮތް ބާސާ އަދި ރެއާލްވެސް ވަނީ މީގެ ކުރިން މި ޓީމްތަކާއި މި މުބާރާތުގެ ކުއާޓާފައިނަލްގައި ވާދަކޮށްފައެވެ. އެގޮތުން ބާސެލޯނާ އަދި ޔުވެންޓަސް ވަނީ 2014/2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށްފަ އެވެ.

ބާލިންގައި އެ ފަހަރު ކުޅުނު ފައިނަލް މެޗުން ބާސެލޯނާ މޮޅުވީ 3-1 އިންނެވެ.

ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްއާ ދެކޮޅަށް ކުޅޭއިރު މިދެ ޓީމު ވަނީ 2013/2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބައްދަލުކޮށްފަ އެވެ. އެ ފަހަރު ބޮޑު ތަފާތަކުން ކުރިހޯދީ ރެއާލް އެވެ. އޭރު ރެއާލްގެ ކޯޗަކަށް ހުރީ މިހާރު ބަޔާން މިއުނިކްގެ ކޯޗު ކަމާއި ހަވާލުވެހުރި ކާލޯ އަންޗެލޮޓީ އެވެ. އަދި އޭރު އަންޗެލޮޓީގެ އެސިސްޓަންޓަކަށް ހުރީ މިހާރު ރެއާލްގެ ކޯޗު ޒިދާން އެވެ.

Quarterfinals

މުބާރާތުގެ ކުއާޓާ ފައިނަލުން އަލަށް ޖާގަ ހޯދި އިންގްލެންޑުގެ ޗެމްޕިއަން ލެސްޓާ ސިޓީ ބައްދަލުކުރާނީ މިދިޔަ އަހަރުގެ ރަނަރަޕް އެތުލެޓިކޯ މެޑްރިޑްއާ އެވެ. ޕްރިމިއާ ލީގުގެ 15 ވަނައިގައި މި ވަގުތު އޮތް ލެސްޓާ ކުއާޓާ އިން ޖާގަ ހޯދީ ސްޕެއިނުގެ ވަރުގަދަ ސެވިއްޔާ ބަލިކުރުމަށް ފަހު އެވެ.

އިނގިރޭސި ގަދަ ބާރު މެންޗެސްޓާ ސިޓީ ކަޓުވާލުމަށްފަހު ކުއާޓާއިން ޖާގަހޯދި މޮނާކޯ ކުއާޓާގައި ނުކުންނާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ.

ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 11 ގައެވެ. އެގޮތުން ފުރަތަމަ ލެގުގެ މެޗުތަށް 11 އަދި 12 ގައި ކުޅޭއިރު ދެވަނަ ލެގުގެ މެޗުތަށް ކުޅޭނީ އޭޕްރީލް މަހުގެ 18 އަދި 19 ގަ އެވެ.

މި ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅޭނީ ވޭލްސްގެ ކާޑިފްގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.