އެސްޓީއޯޯ ސްޕަމާޓް ކޭކް އެންޑް ވެފަރސް ފެސްޓް ފަށައިފި

އެސްޓީއޯޯ ސްޕަމާޓް ކޭކް އެންޑް ވެފަރސް ފެސްޓް 2017 ފަށައިފިއެވެ.

ތަފާތު 15 ބްރޭންޑުގެ 200 އައިޓަމާއިއެކު ފެށި މި ފެސްޓް ފައްޓަވައިދެއްވީ އެސްޓީއޯ ސްޕަމާޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާޠިމަތު އާޝާން އެވެ.

އިޝްތިހާރު Below Header ad

މި ރަސްމިއްޔާތުގައ އާޝާން ވިދާޅުވީ މިފެސްޓުގައި އެސްޓީއޯގެ އިތުރުން މިފަދަ ބާވަތްތައް އެތެރެކޮށް ވިއްކާ 6 ކުންފުންޏަކުން ބައިވެރިވާ ކަމަށާއި  ފެސްޓްގެ ތެެރެއިން ކޭކު އަދި ވެފަރސްގެ ތަފާތު އިތުރު ބާވަތްތައް ރާއްޖެއަށް ތަޢާރަފްކުރެވޭނެ ކަމަށެވެ.

އަދި ފެސްޓް ކުރިއަށްދާއިރު ކޮންމެ ދުވަހަކުވެސް ހަވީރު ރަހަ ދައްކާނެ ކަމަށެވެ. އެގޮތުން ކޮންމެ ކުންފުންޏަކުންވެސް 2 ދުވަހު ރަހަ ދައްކާނެ ކަަމަށާއި ޖަރުމަނުވިލާތުން އެތެރެކޮށް އެސްޓީއޯއަށް އެތެރެކޮށް މާކެޓްކުރާ ކްއިކްބެރީސް މަރުކާގެ އިތުރު އުފެއްދުންތައްވެސް މި ފެސްޓްގައި ތަޢާރަފްކުރާނެއެވެ.

މިފެސްޓްގައި ބައިވެރިވަނީ އެސްޓީއޯ ސްޕަމާޓުގެ އިތުރުން، 3ވޭ، އޭޑީކޭ ޖެނެރަލް ޓްރޭޑިންގ، ޕިރަމިޑް، އިޔުރޯ ސްޓޯރ، ސީންކޯ އަދި ލޮޓަސް ހިމެނެއެވެ.

ފެސްޓްގެ ބައިވެރިން ބުނީ އެކުންފުނިތަކުން އެތެރެކުރާ މުދަލުގެ ބާވަތްތައް އިޝްތިހާރުކޮށް މާކެޓްކުރަން މިއީ ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތައް ހިންގުމުން ކުންފުނިތަކުގެ މެދުގައިވެސް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.