“މޮޅިވެރި ނުވާށެވެ!”

ޕީސް ފައުންޑޭޝަނުން އެންމެ ފަހުން ބޭއްވި “ދައުވާ މެނޭޖްމެންޓް ވޯކްޝަޕް” އަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް މި ވަނީ އެހެން ހަރަކާތެެއް އިއުލާން ކޮށްފައެވެ. އާދެ! އެއީ ” މޮޅިވެރި ނުވާށެވެ” މި ނަމުގައި ވިލިމާލޭ ބޯޅަ ދަނޑުގައި 3 މާރިޗު ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ވަރަށް ހާއްސަ ދަރުސްއެކެވެ. ދަރުސް ދެއްވާނީ ރާއްޖޭގެ މަޝްއޫރު އިލްމުވެރިއެއް ކަމަށްވާ އައްޝައިޙް އަބްދުއް ސަލާމް ދާވޫދް އެވެ.

އައްޝައިހް އަބްދުއް ސަލާމް ދާވުދަކީ ސައޫދީ އަރަބިއްޔާގެ އިސްލާމިކް ޔުނިވާރސިޓީ އޮފް މަދީނާގެ ގްރެޖުއޭޓެކެވެ. އަދި މީގެ ކުރިންވެސް ވަރަށް ޝައުގުވެރިވާފަދަ އެތަކެއް ދަރުސްތަކެއް އާންމުންނާއި ހަމައަށް ގެނެސްދީފައިވާ ރާއްޖޭގެ މަޝްއޫރު ދީނީ އިލްމުވެރިއެވެ.

އިޝްތިހާރު Below Header ad

ދަރުސްއަށް ވަޑައިނުގެންނެވޭ ފަރާތްތަކަށްވެސް ޕީސް ފައުންޑޭޝަންގެ ޔޫޓިއުބު ޗެނެލް މެދުވެރިކޮށް ލައިވް ކޮށް ދަރުސް ބަލައިލެވޭނެއެވެ.

ދަރުސް އޮންނާނެ ތަން: ވިލިމާލޭ ބޯޅަަދަނޑު

ވަގުތު: ހުކުރު(މާދަމާ) ދުވަހުގެ ރޭ 8:45

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.