ކުޅިވަރު އެސޯސިއޭޝަން ތަކާއި ކުލަބު ތަކަށް އަމާޒުކޮށްގެން “ފަސްޓް އެއިޑުން” ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި.

ކުޅިވަރަށް “ފަސްޓް އެއިޑުން” ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި.

ކުޅިވަރަށް ޚާއްޞަކޮށްގެން “ފަސްޓް އެއިޑުން” ތަމްރީން ކުރުމުގެ ޚާއްޞަ ތަމްރީން ޕްރޮގްރާމްތަކެއް މިއަދު ފަށައިފިއެވެ.

އިޝްތިހާރު Below Header ad

ސްޕޯޓްސް ކޯޕަރޭޝަން އާއި ދިވެހި ރެޑް ކްރޮސެންޓް ގުޅިގެން ފެށި މި ޕްރޮހްރާމް އަމާޒުކޮށްފައިވަނީ ކުޅިވަރު އެސޯސިއޭޝަން ތަކާއި ކުލަބު ތަކަށެވެ.

“ޕްރެކްޓިކަލް ފަސްޓް އެއިޑް ފޯރ މެޑިކަލް އޮފިސްސާ” ގެ ނަމުގައި ހިންގާ މި ތަމްރީން ޕްރޮގްރާމްތަކަކީ  އެސޯސިއޭޝަންތަކާއި ކުލަބު ތަކުގައި މަސައްކަތް ކުރާ މެޑިކަލް އޮފިޝަލުން ނަށް ފަސްޓް އެއިޑް ޕްރޮގްރާމްގެ އަމަލީ ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތަކެކެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިންނަށް ތަމްރީން ދޭނީ ރެޑްކްރޮސެންޓްގެ މެޑިކަލް ދާއިރާގެ ތަޖުރިބާ ކާރު ބޭފުޅުންނެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދެމުން ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ ސްޕޯޓްސް މެޑިކަލް އޮފިޝަލުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ  ކަނަށާއި މި ތަމްރީން ޕްރޮގްރާމް ނިމޭއިރު ގިނަ ކަންތަށްތަކެއް އެނގިގެންދާނެކަމަށެވެ.

އަދި ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ގިނަ ޕްރޮގްރާމްތައް ކުރިޔަށް ގެންދާނެކަމަށްވެސް  ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.