ތަމްރީނު ހޯދުމަށް ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުންގެ ޓީމެއް މެލޭޝިޔާއަށް ޒިޔާރަތްކޮށްފި.

އިތުރު ތަމްރީނާއި ހުނަރު ހޯދުމަށް ރާއްޖޭގެ 20 ސްކޫލެއްގެ ޕްރިންސިޕަލުން މެލޭޝިޔާއަށް ޒިޔާރަތްކޮށްފި އެވެ.

ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި ލީޑަރޝިޕް ހުނަރުތައް އިތުރުކުރުމުގެ ހުނަރު ހޯދުމަށް ސްކޫލްތަކުގެ ލީޑިންގ ޓީޗަރުންގެ ޓީމެއްވެސް ވަނީ މި ދަތުރުގައި ބައިވެރިވެ ވަޑައިގެންފައެވެ.

އިޝްތިހާރު Below Header ad

މިދިޔަ އަހަރުން ފެށިގެން ކުރިޔަށްގެންދާ މި ހަރަކާތަކީ އެޑިޔުކޭޝަން މިނިސްޓްރީގެ އިސްނެމުގެ މަތިން މެލޭޝިޔާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޕްރޮގްރާމްގައި މިފަހަރު ބައިވެރިވެފައިވަނީ މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް 16 ޕްރިންސިޕަލުންނާއި 4 ލީޑިންގ ޓީޗަރުންނެވެ.

ޕްރިންސިޕަލުންނާއި ލީޑިންގް ޓީޗަރުންގެ ޓީމުން ކުރިޔައްގެންދާ މި ޕްރޮގްރާމްގެ ދަށުން މެލޭޝިޔާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީ އާއި އެޤައުމުގެ ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާއާއި ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން މެލޭޝިޔާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީން ކުރިއަށް ގެންދާ 21 ވަނަ ޤަރުނުގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމްތަކެއްގައިވެސް ބައިވެރިވާނެއެވެ.

މީގެ ކުރިން މީގެ ތަމްރީންތަކެއް ކުރިޔައްގެންގޮސްފައިވާއިރު ކޮށްފައިވާއިރު މި ޕްރޮގްރާމްގައި އަތޮޅުތެރެއާއި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުން އަދި ލީޑިންގ ޓީޗަރުން ހިމެނޭ ގޮތަށް 9 ފަރާތެއް މެލޭޝިއާއިން ތަމްރީނު ހޯދާފައިވެއެވެ. އަދި މި ތަމްރީންތަކުގެ ދެ ވަނަ ބުރާއި ތިންވަނަ ބުރުގައި 30 ފަރާތެއް ވަނީ  ތަމްރީނުކުރެވިފައިވާއިރު ހަތަރުވަނަ ބުރާއި ފަސްވަނަ ބުރުގައި 23 ފަރާތަކުން ވަނީ ތަމްރީނުވެފަ އެވެ.

މި ތަމްރީނުތަކުގެ ދަށުން ހަވަނަ ބުރުގައި ރާއްޖޭގެ އެކި ސްކޫލްތަކުން 15 ޕްރިންސިޕަލަކު ތަމްރީނުވެފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.