މިސްރުގެ ޑިފެންޑަރެއް އީގަލްސްއާއި ގުޅިއްޖެ.

 

މިސްރުގެ ކުޅުންތެެރިއަކު ރާއްޖޭގެ ފުރަތަމަ ޑިވިސަންގެ ޓީމެއް ކަމުގައިވާ އީގަލްސްއާއި ގުޅިއްޖެއެވެ.

އިޝްތިހާރު Below Header ad

އީގަލްއާއި ގުޅިފައިވަނީ މިސްރުގެ ޑިފެންޑަރެއް ކަމުގައިވާ މަހުމޫދު ސައީދު (ރާމޯސް) އެވެ.

އޭނާ ވަނީ އީގަލްސްގެ ފަރިތަކުރުންތަކުގައި މިއަދު ބައިބެރިވާންވެސް ފަށާފައެވެ.

މަހުމޫދު ސައީދަކީ މިސްރުގެ ގާހިރާއަށް އުފަން އިސްކޮޅުން ދިގު ފިޒިކަލް ގޮތުން ވަރުގަދަ ޑިފެންޑަރެކެވެ. އޭނާ މިސްރުގައި ކުޅުނު ދުވަސްވަރު މަޝްހޫރުވެފައިވަނީ “ރާމޯސް”ގެ ނަމުންނެވެ.

އޭނާ ވަނީ ރާއްޖެ އައުމުގެ ކުރީގައި މިސްރުގެ ދެ ކްލަބެއް ކަމަށްވާ ވަދީ ދެގްލާ އަދި ނުގޫމް އަލް މުސްތަކްބާއަށް ކުޅެފައެވެ. އޭނާގެ އޭޖެންޓަކީ އަހުމަދު ރަޝްވާންއެވެ.

އޭނާއަކީ ކުރިން އީގަލްސްއަށް ކުޅުނު މަހުމޫދު ސާދިގް (ސެޑިކް) ގެވެސް އޭޖެންޓެވެ.

އީގަލްސްއިން މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރިން ޓީމަށް ކުޅެމުން އައި ސެޑިކްގެ ބަދަލުގައި މިހާރުވަނީ ދިވެހި ގައުމީ ޓީމުގެ އަހުމަދު ނާޝިދު (ނާއްޓޭ) ޓީމަށް ގެނެސްފައެވެ.

މީގެ އިތުރުން އީގަލްސްއިން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ޓަކައި ބެލްޖިއަމްގެ ފުރަތަމަ ޑިވިޝަންގައިވެސް  ކުޅެފައިވާ ފޯވާޑް ޑޮނަވަން ޑީކްމަންވެސް ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.