އޮއްޕޮ ވޭލްސްގެ ދެވަނަ ޑިވިޜަންގެ ޓީމަކަށް.

 

ރާއްޖޭގައި އުފެދުނު އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ  ތަޖުރިބާކާރު މިޑްފީލްޑަރ އިބްރާހިމް ފަޒީލް (އޮއްޕޮ) ވޭލްސްގެ ދެވަނަ ޑިވިޜަންގެ ޓީމަކަށް ބަދަލުވެއްޖެއެވެ.

އިޝްތިހާރު Below Header ad

މިކަން ހާމަކޮށްފައިވަނީ ވޭލްސްގެ ލާންގެފްސީގެ ކުޅިވަރު  ވެބްސައިޓެއްގައެވެ.

މި ވެބްސައިޓުގައި ބުނެފައިވަނީ އެ ޤައުމުގެ ބޮޑޯގަން އެފްސީއަށް މިދިޔަ އަހަރުކުޅުނު އެޓޭކިންގ މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އެޓީމަށް ކުޅުމަށް ސޮއިކޮށްފައިވާކަމަށާއި އަދިއޮއްޕޮ އަކީ ޤުދުރަތީ ގޮތުންވެސް ފުޓްބޯޅައިގެ ހުނަރުލިބިފައި ހުރި މޮޅު ކުޅުންތެރިއެއްކަމަށެވެ.

އަދި އޮއްޕޮ އެޓީމާ ގުޅުމުން އުފާވާކަމަށާއި އެކަމަށް އޭނާއަށް އެ ކްލަބުން މަރުހަބާކިޔާކަމަށެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ހިމެނޭ ވޭލްސްގެ ލާންގެފްސީއަށް ކުޅުމުގެ ފުރުޞަތު އިބްރާހީމް ފަޒީލް (އޮއްޕޮ)އަށް ލިބިފައިވާ އިރު އޮއްޕޮވެސް ވަނީ އޭނާއަށް ޔޫރަޕުގެ ކުލަބަކުން ފުރުސަތު ލިބުމުން އުފާކުރާ ކަމަށް ބުނެފައެވެ.

2008 ވަނަ އަހަރު ރާއްޖެއިން ސާފްޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު އޮއްޕޮ ވަނީއެޓީމުގައި މުހިއްމު ދައުރެއްއަދާކޮށް އެ މުބާރަތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދައިފައެވެ.

އަދި އޮއްޕޮ ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.