ޕީސް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ދެވަނަ ‘ދައުވާ މެނޭޖްމަންޓް ވޯކްޝޮޕް’ ނިންމާލައިފި.

މި މަހުގެ 16 އިން 18ގެ ނިޔަލަށް ޕީސް ފައުންޑޭޝަންއާއި އިސްލާމިކް އެސޯސިއޭޝަން އޮފް ގުރައިދޫ ގުޅިގެން ތ އަތޮޅު ގުރައިދޫގައި ހިންގި ދެވަނަ ‘ދައުވާ މެނޭޖްމަންޓް ވޯކްޝޮޕް’ ނިންމާލައިފިއެވެ. މި ވޯކްޝޮޕް ނިންމާލައިފައިވަނީ 17 ބައިވެރިންނާއިއެކުގައެވެ. ވޯކްޝޮޕްގެ ސެޝަންތައް ތ އަތޮޅު މަދަރްސާގައި ކުރިއަށް ގެންދިޔައިރު ބައިވެރިންނަށް ސެޓްފިކެޓް ދީފައިވަނީ ގުރައިދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ ބޮނޑުފިނޮޅޮގައެވެ. ސެޓްފިކެޓްތަށް ބައިވެރިންނަށް ބައްސަވާފައިވަނީ ޕީސް ފައުންޑޭޝަންގެ ނައިބު ރައީސް އަޚް އަބްދުއް ރަޚްމާން ހުސައިން (އަބޭ) އެވެ.

16807036 1511551652190869 5730736559729757284 n

އިޝްތިހާރު Below Header ad

ދައުވާ މެނޭޖްމެންޓް ވޯކްޝޮޕް” ؟

ދައުވާ މެނޭޖްމެންޓް ވޯކްޝޮޕަކީ ދައުވަތުގެ ދާއިރާގައި 11 އަހަރުގެ ތަޖުރިބާ ލިބިފައިވާ މުހައްމަދު ސޮބާހް (ޗޭ) ގެ އިސްނެގުމުގެ މަތިން ޕީސް ފައުންޑޭޝަނުން ހިންގާ ވޯކްޝޮޕެެކެވެ. މި ވޯކްޝޮޕް އެންމެ ފުރަތަމަ ހިންގުނީ މިދިޔަ މަހު ނ.މަނަދޫ ގައެވެ. ރާއްޖޭގައި އަދި މިއަދާ ހަމައަށް މިފަދަ ވޯކްޝޮޕެއް ހިންގިފައި ނުވުމާއި އެކު ވަރަށް ގިނަ ޖަމިއްޔާ ތަކުން ދަނީ އެ ޖަމިއްޔާތައް ތަމްސީލު ކުރާ ރަށް ތަކުގައި މި ވޯކްޝޮޕް ބޭޭއްވުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. “ދައުވާ މެނޭޖްމެންޓް ވޯކްޝޮޕްގެ” ފައުންޑަރ މުހައްމަދު ސޮބާޚް (ޗޭ) ދެކޭގޮތުގައި މިފަދަ ވޯކްޝޮޕް ތަކުގެ ސަބަބުން ރާާއްޖޭގައި ދައުަވަތުގެ ހަރަކާތްތަށް އިތުރަށް ފުޅާވެ އަަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ދައުވަތުގެ ހަރަކާތް ތަށް ކުރިއަތް ގެންދެވޭ ފެންވަރުގެ އަޙުންތަކެއް އުފެދިގެންދާނެއެވެ.

ޖި

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.