ޕީސް ފައުންޑޭޝަންގެ ދެވަނަ “ދަޢުވާ މެނޭޖްމެންޓް ވޯކްޝޮޕް”

ޕީސް ފައުންޑޭޝަންގެ ދެވަނަ “ދަޢުވާ މެނޭޖްމެންޓް ވޯކްޝޮޕް” މާދަމާ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ޕީސް ފައުންޑޭޝަން އަކީ، ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ދިވެހި މުސްލިމު އަޚުންނާއި އުޚުންތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މާތް މަޤްޞަދުގައި ވިލިމާލޭގެ ޒުވާނުން އިސްނަގައިގެން 2010 ވަނަ އަހަރު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ޖަމިއްޔާއެކެވެ.

އިޝްތިހާރު Below Header ad

ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން މީހުން ހޭލުންތެރިކުރުމުގެ އެތައް ޕްރޮގްރާމްތަކެއް މި ޖަމްއިއްޔާއިން ދަނީ ފަހަކަށް އައިސް ހިންގަމުންނެވެ. އެގޮތުން މިދިޔަ މަހުގައިވެސް ޕީސް ފައުންޑޭޝަނުން ވަނީ “ދައުވާ މެނޭޖްމެންޓް ވޯކްޝޮޕް” ގެ ނަމުގައި ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ އަޚުންނަށް ހާއްސަކޮށްގެން 3 ދުވަހުގެ ވޯކްޝޮޕެއް ހިންގާފައެވެ. މި ވޯކްޝޮޕް ބާއްވާފައިވަނީ ނޫނު އެޓޯލް ދަޢުވާ މޫވްމެންޓާއި ގުޅިގެން ނޫން މަނަދޫގައެވެ.

https://peace.mv/2017/01/29/dawah-management-workshop-concludes/

މާ ގިނަ ދުަވަސް ތަކެއް ނުވަނީސް އަނެއްކާވެސް ޕީސް ފައުންންޑޭޝަނުން މިވަނީ މިފަދަ އެހެން ޕްރޮގްރާމެއް ތ.ގުރައިދޫގައި ހިންގުމަށް ރާވާފައެވެ. އިސްލާމިކް އެސޯސިއޭޝަން އޮފް ގުރައިދޫގެ މަދަދާއި އެކު ހިންގާ މި ވޯކްޝޮޕް މާދަމާ ފެށިގެންދާނެއެވެ. މި ވޯކްޝޮޕްގައި ވެސް މައުލޫމާތު ދެއްވާނީ ދައުވަތުގެ ދާއިރާގައި 11 އަށް ވުރެ ގިނަ އަހަރު މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ސޮބާހް (ޗޭ) އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.