ޕާކިސްތާނުގައި ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް އަމުރެއް ނެރެފި.

 

ލޯބިވެރިންގެ ދުވަސް ފާހަގަ ނުކުރުމަށް ޕާކިސްތާނުގެ  އިސްލާމްއާބާދުގެ ހައިކޯޓަކުން އަމުރުކޮށްފިއެވެ.

އިޝްތިހާރު Below Header ad

ލޯބިވެރިންގެ ދުވަހާ ގުޅުން ހުރި އެއްވެސް ކަމެއް ނުކުރުމަށް އިސްލާމްއާބާދުގެ ހައިކޯޓުން އަމުރު ކޮށްފައިވާއިރު އެ ކޯޓުން ކުރި އަމުރުގައި ވަނީ، ލޯބިވެރިންގެ ދުވަހާއި ގުޅުންހުރި، އެއްވެސް އެއްޗެއް ވިއްކުމާއި އަދި އިޝްތިހާރުކުރުމަކީ ވެސް މަނާކަމެއްކަމަށް  ކަނޑައަޅާފައެވެ.

އެގޮތުން ސަރުކާރުގެ އިމާރާތެއްގައި ވެސް އަދި އާއްމު ތަނެއްގައި ވެސް މި ދުވަސް ފާހަގަކުރުމަކީ މަނާކަމެއް ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.

މި އަމުރު ކޯޓުން ނެރެފައިވަނީ ލޯބިވެރިންގެ ދުވަސް ފާހަގަކުރުމަކީ އިސްލާމްދީނުގެ ޘަގާފަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ އެ ދުވަސް ފާހަގަކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އާއްމު ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

އިސްލާމްއާބާދުގެ ހައިކޯޓުން ކުރި އަމުރާއި ހިލާފަށް އެއްވެސް ބަޔަކު އަމަލުކުރަމުންދޭތޯ ބެލުމަށް ވެސް އެ  ކޯޓުން ވަނީ ޕާކިސްތާނުގެ އިލެކްޓްރޯނިކް މީޑިޔާ ރެގިއުލޭޓަރީ އޮތޯރިޓީއަށް އަމުރުކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ 14 ވަނަ ދުވަހު ފާހަގަކުރާ “ވެލެންޓައިންސް ޑޭ” ނުވަތަ ލޯބިވެރިންގެ ދުވަސް ފާހަގަކުރުން ޕާކިސްތާނުގެ މި ކޯޓުން މަނާކޮށް އަމުރު ނެރެފައިވާއިރު މިދިޔަ އަހަރުވެސް އެގައުމުން ވަނީ މިދުވަސް ފާހަގަކުރުން މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.