ހަމަ ހިޓާޗީގެ ނަމުގައި އޭސީ ޕްރޮމޯޝަންއެއް އެސްޓީއޯ އިން ފަށައިފި

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ވިއްކާ ހިޓާޗީ ބްރޭންޑްގެ އޭސީ އަގުހެޔޮކޮށް “ހަމަ ހިޓާޗީ” ނަމުގައި 6 މަސްދުވަހުގެ ޕްރޮމޯޝަންއެއް މިއަދު ފައްޓައިފިއެވެ.

އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްސް ގައި މިޕްރޮމޯޝަން އަންނަ ހަފްތާއިން ފެށިގެން ކުރިޔަށް ދާނެއެވެ. ހަމަ މިއާއެކު މިދިޔަ ހަފްތާގައި ވަނީ ހިޓާޗީ ބްރޭންޑް އެންބެސެޑާރއަކަށް އަލީ އަޝްފާގް ހަމަޖައްސާފައިއެވެ.

އިޝްތިހާރު Below Header ad

މިޕްރޮމޯޝަންގައި އޭސީއެއް ބައްލަވައި ގަންނަވާ ކޮންމެ ކަސްޓަމަރަކަށްވެސް ކޫޕަންއެއް ދެވޭނެއެވެ. ކޮންމެ މަހަކު ލަކީޑްރޯ އިން އެއްވަނައަށް ހޮވޭ ފަރާތަކަށް އަދި އިޅްތިޔާރުކުރާ އިތުރުފަރާތަކަށް ޑުބާއީ އަށް ދިޔުމުގެ ފުރުސަތުލިބޭނެއެވެ. މިފުރުސަތުގައި ދެކޮޅު ޓިކެޓް، ވިސާ، ހުރުން ހިމެނޭނެއެވެ.

މީގެ އިތުރުން ވަރަށްގިނަ އިވެންޓް ތަކެއް މިޕްރޯމޯޝަންގެ ދަށުން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައިއެވެ. މީގެ ތެރެއިން ފާހަގަ ކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި “ދަނގަޑޭ ޗެލެންޖް”، ސޯޝަލްމީޑިއާ ވީޑިއޯ ކެންޕެއިން އަދި އެކިއެކި ސީ.އެސް.އާރް އިވެންޓްސް ހިމެނޭނެއެވެ.

މިޕްރޮމޯޝަންއާއި އެކީ އެސްޓީއޯ ހޯމްއިންޕްރޫވްމަންޓް އެންްޑް ސާރވިސް ސެންޓާރ އިން ދެމުންގެދާ އާފްޓާރ ސޭލްސް ސާރވިސް ވެސް އިތުރަށް ޙަރުދަނާކުރެވިގެން ދާނެއެވެ. މިގޮތުން އެސީ ފޯލްޓް އަށް ވަކި ނަންބަރެއް ޙާއްސަ ކުރެވި އިޢްލާން ކުރެވިގެންދާނެއެވެ.

ކުރިއެކޭ އެއްފަދައިން މިޕްރޮމޯޝަންގައި އެސީ އެއް ބައްލަވައިގަތުމުން ވެސް 18 މަސްދުވަހުގެ ފުލް ރިޕްލޭސްމަންޓް ވޮރަންޓީ އަދި ކޮަންޕްރެސާރ އަށް 5 އަހަރުދުވަހުގެ ވޮރެންޓީ ލިބިގެން ދާނެއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއަކީ ހިޓާޗީ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.