ރަޝިއާގެ ހިިމާާޔަަތުުގެެ ދަަށުުގަައިި ހުުރިި ސްްނޯޯޯޑެެންް އަަނބުުރާާ އެެމެެރިިކާާއަަށްް

snowden illustration 2 1

ބިލިޔަނަރެއްގެ ގޮތުގައި ހުރި އެމެރިކާގެ ރައީސަކަށް ހަދިޔާ އެއް ދޭން ބޭނުންވާނަަމަ ދޭނީ ކޯއްޗެއް ހެއްޔެވެ؟ ރިޕޯޓްތަށް ބުނާ ގޮތުން އެކަމަށް އެންމެ ރަގަނޅުވާނީ މީގެ 4 ވަރަކަށް އަހަރުކުރިން، “ވައްކަމަކަށްފަހު” ދުނިޔޭގެ އެތައްބަޔަކު އެއީ “ހީރޯ” އެއްކަމަށް ސިފަކުރި އެޑްވަރޑް ސްނޯޑަންއެވެ.

އިޝްތިހާރު Below Header ad

އިއްޔެ އެން.ބީ.ސީ ގައި ޝާއިރު ކޮށްފައިވާ ހަބަރެއް ބުނާގޮތުގައި ، ރަޝިއާއިން ދަނީ ސްނޯޑެން އެމެރިކާއަށް އަބުރާ ފޮނުވާލުމަށް ވިސްނަމުންނެވެ. މީގެ ކުރިންވެސް ރާޝިއާގެ ބޮޑުވަޒީރު ޕޫޓިން އާއި ޓްރަމްޕްގެ ގާތް ގުޅުމުގެ ވާހަކަ މީޑިއާގައި ވަނީ ފެންމަތިވެފައެވެ. ވީމާ މިއީ އެ 2 އެކުވެރިން ބަދަލުކުރާ ހަދިޔާއަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ސްނޯޑަން އެއީ ކާކު ؟

ކުރުކޮށް ބުނާނަމަ ސްނޯޑަން އަކީ އެއްދުވަސްވަރެއްގައި އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީގައި މަސައްކަތްކުރި އެމެރިކާގެ ރައްޔިތެކެވެ. މީޑއާގެ ފަލަ ސުރުޙިތަކަށް އޭަނާ އެރީ 2013 ވަނަ އަހަރު ޖާނަލިސްޓުންތަކަކަށް އެމެރިކާއާއި ގުޅިފައިވާ ގައުމުތަކުން، ބޭރުދުނިޔޭގައި ހިންގާ ޕްރޮގްރާމްތަކަކާއިބެހޭ ސިއްރު ލިޔެކިޔުންތަކެއް ހިއްސާ ކުރިހިސާބުންނެވެ. މި ހިސާބުން އެއްބައެއްގެ ފާޑުކިޔުން އޭނައަށް އަމާޒްވަމުން ދިޔައެވެ.ނަމަވެސް ގިނަ މީހުން ދިޔައީ އޭރުވެސް އެއީ ފަހުލަވާނެއް ގޮތަށް ސިފަކުރަމުންނެވެ. ކޮންމެއަކަސް އެމެރިކާގެ ސަރުކާރުން ކޮށްފާނޭ ގޯނާއެއްގެ ސަބަބުން މިއަދާ ހަމައަށްވެސް ސްނޯޑެން ދިރިއުޅެމުންދަނީ ރަޝިއާގެ ހިމާޔަތާއެކީ އެގައުމުގައެވެ.

ނަމަވެސް ޓްރަމްޕް ހޮވުމާއެކީ ހުރިހާ ކަމެއް ކަަހަލަ ގޮތަކަށް މިވަނީ ބަދަލުވެފައެވެ. މީގެ ކުރިން ޓްރަމްޕްވެސް އޭނާ ސްނޯޑެން އާ ދޭތެރޭ ހިތްހަމަ ނުޖެހޭަކަން ވަނީ ފާޅުކޮށްފައެވެ. އެގޮތުން 2013 ގައި ޓްރަމްޕް ވަނީ ސްނޯޑަން އަކީ ޖާސޫސްކުރާ ބާޢީ އެއްކަމަށް ބުނެފައެވެ. އަދި ޓްރަމްޕް ބުނެފައިވެއެވެ.”އަހަރެންނަކީ އެމެރިކާގެ ރައީސްނަމަ ސްނޯޑެން މިހާރު އެމިރިކާއަށް ގެނެސްފީމެވެ.” މިހުރިހާ ތުޚުއްމަތު ތަކަށް ސްނޯޑެން ވަނީ އިންކާރު ކޮށްފައެވެ.

ނޯ ކަންޓްރީ ޓްރޭޑްސް އަވޭ ސްޕައިސް، އޭސް ދޭ ވުޑް ފިއާ ދޭ އާ ނެކްސްޓް“. ސްނޯޑެން ޓްވީޓްކުރިއެވެ. ކޮންމެއަކަސް ދެންވާނެގޮތަކާ ދޭތެރޭ އެތައް ބަޔަކު ދަނީ ފުންކޮށް ވިސްނަމުންނެވެ. الله اعلم

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.