ކުޑަގޮތަކަށްފެށި ދުވުން އެންމެންގެ ހިނިތުންވުމާއެކު އަސްދަނޑިން ބޭރަށް..

ޓޯޓަލް ފިޓްނަސް ގްރޫޕޭ ބުނެފިނަމަ ގިނަބަޔަކަށް ފަހަރުގައި ނޭނގިދާނެއެވެ. ނަމަވެސް ޓީއެފްޖީ އޭބުނެފިނަމަ އެއީ ގިނަބަޔަކު ދަންނަ އެތައްބައެއްގެ ރުހުމާއި ލޯބި ހޯދާ އަދި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭތަނެއްކަން އިނގޭނެއެވެ.

ކޮންމެއަކަސް ދައްކަން މިއުޅެނީ އެތަނުން ދެމުންދާ ޚިދުމަތުގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ އެތަނުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮކާކޯލާ ލޯންގ ރަން ގެ ވާހަކައެވެ.

އިޝްތިހާރު Below Header ad

ކޮކާކޯލާ ލޯންގ ރަން މިއަހަރުވެސް ބޭއްވުމަށް ނިންމާ، ކައުންޓް ޑައުން ރަސްމީކޮށް މިއަދު ފަށާފައިވާ އިރު، މިއަހަރުގެ ރަން އޮންނާނީ އަންނަ އޭޕްރީލް 14 ވާ ހުކުރު ދުވަހު ހުޅުމާލޭގައެވެ.

ޓީއެފްޖީން 2013 ވަނަ އަހަރު 210 ދުވުންތެރިންނާއެކު މި ރަން ފެށީ 10 ކިލޯމީޓަރު އަދި ހާފް މެރެތަން އިވެންޓާއެކުއެވެ. ނަމަވެސް މިއަހަރާއި ހަމައަށް އައި އިރު، މިރަން މިވަނީ އެތައް ގޮތަކުން ފާހަގަކުރަން ޖެހިފައެވެ. މިހާރު މި ރަންގައި 5 ކިލޯމީޓަރ. 10 ކިލޯމީޓަރ، 21 ކިލޯމީޓަރ އަދި 42 ކިލޯމީޓަރގެ ރާސްތާއަށް ދުވުންތެރިން ދުވާ އިރު، ދުނިޔޭގެ ފެންވަރުގެ އެކި ދުވުންތެރިންވެސް އަންނަނީ މިރަންގައި ބައިވެރިވަމުންނެވެ.

ހަމައެކަނި މިއީ މިރަން އަސްދަނޑިން ބޭރަށް ދިޔަ ސަބަބެއް ނޫނެވެ. އެންމެ ފުރަތަމަ ބޫޓުގައި އަދި ފަހުން ބިބުގައި، އިލެކްޓްރޯނިކް ޗިޕެއް ހަރުކޮށްގެން ދުވުންތެރިންގެ ޓައިމިންގ އައިސް ބައިނަލްއަޤުވާމީ ކުންފުންޏަކާއެކު ބަލަމުން އައުމާއި ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑަލް ދޭން ފެށުމަކީ މިފަދަ ރޭހެއް ދުވުމަށް ގިނަ ބައެއްގެ ޝައުޤުވެރިކަން ދަމައިގަތް ކަންކަމެވެ.

މީގެ އިތުރުން މިއަހަރު ބާއްވާ ރަންގައި ފުލްމެރަތަން ނިންމާ ކޮންމެ ބައިވެރިއަކަށް މެޑަލްގެ އިތުރުން ” ފިނިޝަރ ޓީޝާރޓަކާއި ” އެބައިވެރިއަކު ދުވި ކެޓަގަރީއެއް ރަމްޒުކޮށްދޭ މެޑަލްވެސް ދިނުމަށް ޓީއެފްޖީން ވަނީ ނިންމާފައެވެ.

ވާދަވެރި ރޭހަކަށްވުރެ ބޮޑަށް ގިނަބަޔަކު އެއްތަނަށް އެއްވެ، މަޖާ މާޙައުލެއްގައި ދުވެލާ، ކޮންމެ މީހަކީވެސް ދުވެވިދާނެ މީހެއްކަން އެމީހަކު އަމިއްލައަށް އިޙްޞާސްކޮށްލުމުގެ މަޤުޞަދުގައި ފެށި މިރަންއަށް ލިބެމުން އަންނަ ތަރުހީބަކީވެސް މިރަން މިހާ ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް ޓީއެފްޖީއަށް ލިބިފައިވާ ވަރަށްބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމެއްކަން ޔަޤީނެވެ.

ޓީއެފްޖީއަށް ލިބޭ އިތުރު ހިތްހަމަ ޖެހުމަކީ ހަމައެކަނި މިރަން ބޭއްވުން އެކަންޏެވެ. މިރަން އަށް މީހުން ތަމްރީނުކޮށްދީ، ދުވުންތެރިންގެ ކިބައިގާ ހުންނަންޖެހޭ ހަކަތަ އާއި ދުވުމާއި ދިރިއުޅުމުގައި ކަންކަން ބަހައްޓަންވީ ގޮތުގެ މަޢުލޫމާތުވެސް ޓީއެފްޖީން އަންނަނީ ދުވުންތެރިންނަށް އޮޅުންފިލުވައިދެމުންނެވެ.

އެގޮތުން އެއްގޮތަކަށްވެސް ނުދުވާ މީހަކަށްވިޔަސް ޓީއެފްޖީގައި ތިބި ތަމްރީނު ލިބފައިވާ ފަރާތްތަކުގެ އެހީތެރިކަމާއެކު 10 ކިލޯމީޓަރ ދުވެލުމަކީ އެއްވެސް ކަމެއް ނޫންކަން މިރަންގައި މިހާތަނަށް ދުވެފައިތިބި މީހުން އިއްތިފާޤުވާނެކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.

މިކަނޑަނީ ފޮނިކަމަށް ހީކުރެއްވޭ ފަރާތްތަކަށް ބުނެލަން އޮތީ، އަދިވެސް ވަގުތު ފާއިތުނުވާ ވާހަކައެވެ. ޓީއެފްޖީގެ އައުޓްރަންގައި ބައިވެރިވެ، އެންމެ ކުޑަމިނުން 5 ކިލޯމީޓަރގެ ރާސްތާއަކަށް ދުވެލާ، ރަން ނިންމާލުމުން އެކުރެވޭ އުފާވެރި އިޙްޞާސް އަމިއްލައަށް ތަޖުރިބާކޮށްލުމަށް އަވަސްކުރައްވާށެވެ.

image 0 02 05 8af98f02081402da154a54ccadb4affbf3eb9dd0f944e967759d00ecefe7a307 V

ކޮކާކޯލާ ލޯންގ ރަން ގައި ބައިވެރިވުމަށް ޓީއެފްޖީންނާއި އޮންލައިންކޮށް http://www.gotorace.com/ އިންވެސް ރެޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެއެވެ.

މިއަހަރުގެ ރަންގެ މެއިން ސްޕޮންސަރއަކަށްވެސް ކޮކާކޯލާ ހަމަޖައްސާފައިވާ އިރު، އިންޝުއަރެންސް ޕާރޓްނަރއަކަށް ހަމަޖައްސާފައިވަނީ އެލައިޑް އިންޝުއަރެންސްއެވެ. އަދި އެމްޓީސީ އާއި އެޗްޑީސީ އާއި އެސްޓީއޯގެ ވަރަށް ބޮޑު އެހީތެރިކަމެއް މިރަން އަށް ލިބޭ އިރު، ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް، އެޓަޔަރ ޕާޓްނަރއަކީ ސޮނީ ސްޕޯޓްސް އެވެ.

މިއަހަރުގެ މީޑިއާ ޕާޓްނަރއަކަށް “މިހާރު” އޮންލައިން، ފަސްޓް އެއިޑް ޕާޓްނަރއަކަށް ރެޑްކްރެސެންޓް މޯލްޑިވްސް، ހޮޓެލް ޕާޓްނަރއަކަށް ސަމަރސެޓް ހޮޓެލް، ފޮޓޯގްރަފީ ޕާޓްނަރއަކަށް ކޭއެޗް ފޮޓޯގްރަފީ ހަމަޖައްސާފައިވާ އިރު، މިއަހަރުގެވެސް އެންޓެޓެއިނިންގ ޕާޓްނަރއަކީ މަޝްހޫރު ޑީޖޭ ޢުމަރެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.