އަލިފުޅުތުއްތު ފައުންޑޭޝަނުން ބިނާކުރި މިސްކިތްތައް އިސްލާމިކް މިނިސްޓްރީއާ ޙަވާލުކޮށްފި

އަލިފުޅުތުއްތު ފައުންޑޭޝަނުން ބިނާކުރި މިސްކިތްތައް އިސްލާމިކް މިނިސްޓްރީއާ ޙަވާލުކޮށްފިއެވެ.

ހިލޭ ސާބަހަކަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލިފުޅު ތުއްތު ފައުންޑޭޝަނުން މި ދެ ރަށެއްގައި ބިނާކުރި މިސްކިތްތައް އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ބާޤިރެވެ. އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ޑިރެކްޓަރ ޢަބްދުﷲ ސަލީމް ޢަބްދުއްސައްތާރެވެ.

އިޝްތިހާރު Below Header ad

ހުޅުދުއްފާރުގައި  500 މީހުންގެ ޖާގަ އަދި ލ. މާމެންދޫގައި 504 މީހުންގެ ޖާގައިގެ މި މިސްކިތްތަކުގެ އަގަކީ ކޮންމެ މިސްކިތަކަށް 6.5 މިލިއަން ރުފިޔާއެވެ. އަދި ށ. ކަނޑިތީމުގައި ބިނާކުރި 700 މީހުންގެ މިސްކިތަކީ 8.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ.

އެ ފައުންޑޭޝަންގެ ފަރާތުން ށ. ކަނޑިތީމް، ރ. ހުޅުދުއްފާރު، ލ. މާމެންދޫ އާއި އަލިފުޅު ތުއްތު ފައުންޑޭޝަނުން ވަނީ ހއ. ތަކަންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ނަރުދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތަކާއި މ. މުލަކުގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ޙަވާލުވެފައެވެ.

އިސްލާމިކް މިނސްޓްރީން އެ މިސްކިތްތައް ޢިމާރާތް ކުރުމަށް ހުޅުވާލުމުން އަލިފުޅު ތުއްތު ފައުންޑޭޝަނުން އެބީލަން ކާމިޔާބުކޮށްފައިވާ އިރު، އެ ފައުންޑޭޝަނުން އިސްނަގައިގެން ހދ. ހަނިމާދޫގައި މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މި އަހަރުގެ އޯގަސްޓު މަހަށް ނިމޭނެ ކަމަށް ލަފާ މި މިސްކަތުގައި 700 މީހުންގެ ޖާގައިގެ މި މިސްކިތަށް 8.9 މިލިއަން ރުފިޔާ ޚާރަދުވާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.