ރާއްޖެ އައި ފަތުރުވެރިއަކު ބ. ކެންދޫ ހުކުރު މިސްކިތަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ..

ރާއްޖެ އައި ފަތުރުވެރިއަކު ބ. ކެންދޫ ހުކުރު މިސްކިތަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީދީފިއެވެ.

އެ އަތޮޅު އަނަންތަރާ ކިހަވައްވިލާ ރިސޯޓަށް ޗުއްޓީ ހޭދަކޮށްލުމަށް ދިޔަ ސައުދީ ފަތުރުވެރިއަކު އެރަށު ހުކުރު މިސްކިތަށް ދީފައިވާ އެހީގެ ތެރޭގައި ހިމެނެނީ މިސްކިތުގައި އަޅާ ކާޕެޓާއި އެއަރ ކަންޑިޝަނާއި ސައުންޑް ސިސްޓަމް އެކެވެ.

އިޝްތިހާރު Below Header ad

ކެންދޫ ކައުންސިލުން ބުނީ މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި އެ ރަށަށް ދިޔަ ސައުދީ ފަތުރުވެރިޔާ އެ ރަށު މިސްކިތް ބެލުމަށް ފަހު ދޭން ނިންމި ތަކެތި ކަމަށާއި އެ ތަކެތި ސީދާ ސައުދީ އަރަބިއްޔާއިން ރާއްޖެ ފޮނުވީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.

އަދި ކެންދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އެތަކެތި މިހާރު އެބަހުރި ކަމަށާއި އަންނަ ރޯދައިގެ ކުރިން އެތަކެތި މިސްކިތުގައި ބޭނުންކުރަން ފެށޭނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.